-8402fff9.png)
މިރާޝް މޫސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި ސަރުކާރުން އެކަމަށް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ރާއްޖޭގެ ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވާ ކަމަށް ބުނެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގެންދަވަނީ ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ ބައްދަލުކޮށް އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
ޝާހިދުގެ ވާހަކަތައް ދޮގުކުރައްވައި އެކްސްގައި ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ. އަދި މަޖިލީހުން އެކަންކޮށްފައި ވަނީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޝަރުއީ ދާއިރާގެ މިނިވަންކަން މި ސަރުކާރުން ދަބަހައްޓާނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ކޯޓްތަކަށް ނުފޫޒު ނުފޯރުވާ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.
ކުރީގެ ފޮރިން މިނިސްޓަރު ޝާހިދުގެ ވާހަކަތަކާ ގުޅިގެން ޚަލީލް ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރާއިރު ތެދު މައުލޫމާތު ހިއްސާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އިދިކޮޅު ޕާޓީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިނަލްއަގުވާމީ މުޖްތަމައުއާ ވާހަކަ ދައްކާއިރު ކަން ހިނގި ގޮތަށް ތެދު ބަހުން ވާހަކަ ދައްކާނެ ކަމަށް އުންމީދު ކުރަން،" ޚަލީލް ވިދާޅުވިއެވެ.
ބެލްޖިއަމްގެ ބްރުސެލްސްގައި ކުރިއަށްދާ އިންޓަނޭޝަނަލް ޑިމޮކްރަސީ ޔޫނިއަން (އައިޑީޔޫ) ސަމިޓުގައި ވާހަކަދައްކަވަމުން ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ސަރުކާރުގެ ނުފޫޒުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމަކީ ރައީސް މުއިއްޒުގެ ޚުދުމުޚްތާރުކަން ފެނިގެންދާ ކަމެއް ކަމަށެވެ.

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން
-2de01388.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން