-8402fff9.png)
ފާތިމަތު މިޝްކާ
-2de01388.jpeg)
އަނިޔާވެރި ޔަހޫދީ އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމުން ރާއްޖެއަށް ވީ ފައިދާތަކެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ޚަލީލް ވިދާޅުވީ އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމުން ރާއްޖެއަށް އެއްވެސް ނުރަނގަޅު އަސަރުތަކެއް ނުކުރާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ފައިދާތަކެއް ކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެއީ، އެއް ކަމަކަށް، އިސްލާމީ އުންމަތާ ގާތް ވެގެން ދިއުން، އެއް ކަމަކަށް. ދެވަނަ ކަމަކަށް ތިބޭފުޅުން ޓޫރިޒަމް އެރައިވަލް ބައްލަވާލައްވައިފިއްޔާ ފެނިވަޑައިގަންނަވާނެ، އިސްލާމީ އެކިއެކި ގައުމުތަކުން ރާއްޖެއަށް އަންނަ އަދަދު އިތުރުވެގެން ގޮސްފި،" ޚަލީލް ވިދާޅުވިއެވެ.
މިނިސްޓަރު ޚަލީލް ވިދާޅުވީ ކުޑަ ގައުމެއް ކަަށްވިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ރައްޔިތުން އެދޭގޮތަށް ޚާރިޖީ ސިޔާސަތު ބައްޓަންކުރަން ކަމަށެވެ. އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަކީ އެކަމުގެ ފުރިހަމަ ހެއްކެއް ކަމަށް ޚަލީލް ވިދާޅުވިއެވެ.
"އޭގެ ނަތީޖާއަކީ އަރަބި އިސްލާމީ ގައުމުތަކާ އެކު ވަރުގަދަ ގުޅުންތައް ބޭއްވުމާ އަދި ފަލަސްތީނުގެ މައްސަލައިގައި އެންމެ ވަރުގަދައަށް މަސައްކަތް ކުރާ ކިތަންމެ ކުޑަ ގައުމަކަށް ވިޔަސް މަސައްކަތް ކުރާ ގައުމަކީ ރާއްޖެކަން ބައިނަލްއަގުވާމީ މުޖްތަމައުން ބަލައިގަތުން،" ޚަލީލް ވިދާޅުވިއެވެ.
ރާއްޖެއިން ފަލަސްތީނުގެ ދިފާއުގައި އުފުލަމުންދާ އަޑުގަދަވުމުގެ ނަތީޖާއެއްގެ ގޮތުން ވިލާތުގެ ގައުމުތަކުން ވެސް ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ ތަން މިއަދު ފެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެކަމުގެ ނަތީޖާ މިއަދު ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ވިލާތުގެ އެކިއެކި ގައުމުތައް ވެސް މިއަދު އެ ވަނީ ގާޒާގެ ދިފާއުގައި، ފަލަސްތީނުގެ ދިފާއުގައި ނުކުމެ އަޑުހަރުކޮށް ވާހަކަ ދައްކަން ފަށާފައި. މުޅި މޫވްމަންޓް ލީޑް ކުރީ ހަގީގަތުގައި ރާއްޖެއިން. ރާއްޖޭގެ ރައްޔިތުންގެ އެދުމުގެ މަތިން،" ޚަލީލު ވިދާޅުވިއެވެ.
އިސްރާއީލްގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އިމިގްރޭޝަން ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ކޮމިޓީ މަރުހަލާގައި ގެނައި ބަދަލުތަކާއެކު ފާސްކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން