-8402fff9.png)

އިންތިޚާބެއްގައި މީހަކު ވޯޓުލަނީ -- ފޮޓޯ: ސަން
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އޭޕްރީލް މަހު ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކޮމިޝަނަށް އޮތް އެންމެ ބޮޑު ދައްޗަކީ އިންތިޚާބާ ބެހޭ މަރުކަޒު ގާއިމްކުރާނެ ބޮޑު ހޯލެއް ހޯދުން ކަމަށެވެ. ކުރިން އިންތިޚާބާ ބެހާ މަރުކަޒު ހިންގީ ބާ ޖަމާލުއްދީނާއި ދަރުބާރުގޭގައެވެ. ބާ ޖަމާލުއްދީންގެ އިމާރާތް ބާވެ ވަނީ ތަޅާލާފައެވެ. ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ދިޔުމުން އެ މިނިސްޓްރީ މިހާރު ހިންގަނީ ދަރުބާރުގޭގައެވެ.
ޒާހިދު ވިދާޅުވީ އަގު ހެޔޮކޮށް ތަނެއް ހޯދައިގެން އިންތިޚާބާ ބެހޭ މަރުކަޒު ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިޚާބުގައި ވޯޓު ލުމާއި ގުނުން ފިޔަވައި އެހެން ހުރިހާ ކަމެއް ޑިޖިޓަލައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމުގެ ކުރިން ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި އަތޮޅު ކައުންސިލް އުވާލުމާއި 2000 އަށްވުރެ މަދު މީހުން ދިރިއުޅޭ ރަށްރަށުގައި ތިން ކައުންސިލަރުން ތިބޭގޮތަށް ބަދަލު ގެނައުން ހިމެނެއެވެ.
މީގެއިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އަދަދު ތިނަކަށް ކުޑަކުރަން ވެސް އިސްލާހު ހުށަހަޅަން ވަނީ ނިންމާފައެވެ.
-18fe96dd.png)
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން
-ac30ed1f.jpg)
4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން
-0c91c8de.png)
5 މަސް ކުރިން

5 މަސް ކުރިން