-8402fff9.png)
އާއިޝަތު ޝިޔާއު ހުސައިން
ނަލަ ރީތި ފުނަދޫ އީދު ލަވަ --
މި އަހަރުގެ ބޮޑު އީދާ ދިމާކޮށް ށ. ފުނަދޫގެ ޖަމިއްޔާއެއް ކަމަށްވާ ޔޫތު އެމްޕަވަމެންޓް ސޮސައިޓީން ހާއްސަ ލަވައެއް ނެރެފިއެވެ.
ށ. ފުނަދޫގެ ގުދުރަތީ ރީތިކަމާއި، އީދުގެ ފޯރި ދަައްކުވައިދޭ ލަވަ ނެރެފައިވަނީ އީދު ދުވަހުއެވެ. މިހާތަނަށް އެ ލަވަ ގިނަ ބަޔަކު ބަލާފައިވާއިރު ސޯޝަލް މީޑިއާގެ އެކި ޕްެލެޓްފޯމްތަކުގައި ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
ޔެސް ފުނަދޫއިން ބުނި ގޮތުގައި މިލަވަ އުފެއްދުމުގައި ފުނަދޫގެ ހުނަރުވެރި ގިނަ ޒުވާނުންގެ މަސައްކަތް ހިމެނެއެވެ. އެގޮތުން، މި ލަވަ ކިޔާފައިވަނީ މުހައްމަދު އަގީލް (ބޮކި)އެވެ. މިއުޒިކް އަދި ލިރިކްސް ތައްޔާރުކޮށްދީފައިވަނީ ފަޗޫ ހުސެންއެވެ. ލަވައިގެ ވީޑިއޯއިން ރަށުގެ ހުނަރުވެރި ނެށުންތެރިންގެ ހަރަކާތްތައް ފެނެއެވެ.
ލަވައިގެ ވީޑީއޯ ނަގާފައިވަނީ ޖަވާދު މުހައްމަދު އަދި މުހައްމަދު އަޔާޒް އެވެ. އެޑިޓްކޮށްފައިވަނީ ވެސް އަޔާޒެވެ. ޑްރޯންގެ މަންޒަރުތައް ނަގާފައިވަނީ މުހައްމަަދު ރާއިދެވެ. ލަވައިގެ ޕްރޮޑަކްޝަން މަސައްކަތްކޮށްފައިވަނީ އަލީ ރިޒްވީން އެވެ. ޑައިރެކްޓަރަކީ އަހްމަދު ޖައިޝްއެވެ.
ޔެސް ފުނަދޫއިން އިންތިޒާމުކޮށްގެން މިފަހަރުގެ ބޮޑު އީދުގައި އެރަށުގައި ގިނަ ހަރަކާތްތަކެއް ބާއްވާނެއެވެ.
ޔެސް އީދު އުފާގެ މީޑިއާ ޕާޓްނަރަކީ ނުކުތާ އޮންލައިންއެވެ.

26 ދުވަސް ކުރިން

5 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން