-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ފުނަދޫ އެއާޕޯޓު - ފޮޓޯ: ޕީއެސްއެމް
ށ. ފުނަދޫ އެއާޕޯޓަށް ރޭގަނޑު ފްލައިޓްތައް ފަށަން ނިންމާ މިރޭ ޓެސްޓް ފްލައިޓް ޖައްސަން ނިންމައިފިއެވެ.
ޓެސްޓު ފްލައިޓު މިރޭ އެއާޕޯޓަށް ޖެއްސުމަށް ހަމަޖެހިފައިވަނީ ސިވިލް އެވިއޭޝަން އޮތޯރިޓީން ބަލަން ޖެހޭ ކަންކަން ބެލުމަށް ޓަކަ އެވެ. މިރޭ 9:30 ހާއިރު ޓެސްޓް ފްލައިޓު ފުނަދޫއަށް ޖައްސާނެ އެވެ.
ޒަމާނީ ފެންވަރަށް ފުނަދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ފޭސްގައި ރޭގަނޑު ފްލައިޓު ޖެއްސުމަށް ބޭނުންވާ ލައިޓު ހަރުކުރުމާއި، ޒަމާނީ ފެންވަރުގެ ލައުންޖަކާއި ރެސްޓޯރެންޓް ހެދުމުގެ އިތުރުން ޓާމިނަލްގެ ފެންވަރު މަތިކުރުމަށްޓަކައި އިތުރު ބެލްޓުތަކެއް ހަރުކުރުމަށްވަނީ ކަނޑައަޅާފައެވެ.
މިއަހަރުގެ އޮކްޓޯބަރު މަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު ފުނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ ފުނަދޫގެ އެއާޕޯޓު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއެއް އެމްއޭސީއެލްއާ ހަވާލުކޮށްފައިވެ އެވެ.
މި އަހަރު ނިމުމުގެ ކުރިން އެ ރަށުގެ އެއާޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސުމުގެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ށ.އަތޮޅުގައި މި ވަގުތު އޮތް ހަމައެކަނި އެއާޕޯޓަކީ ފުނަދޫ އެއާޕޯޓެވެ.
ސަރުކާރުން ވަނީ ށ. އަތޮޅު އިތުރު ތިން އެއާޕޯޓް އެޅުމަށް ހަވާލުކޮށްފަ އެވެ. އެއީ ބިލެތްފަހި، މިލަންދޫ، ކޮމަންޑޫ އެވެ.

26 ދުވަސް ކުރިން

5 މަސް ކުރިން

11 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން