-8402fff9.png)
މިރާޝް މޫސާ

ށ. ފުނަދޫގައި 40 މީހުންގެ ޖާގައިގެ އިސްރަށްވެހިންގެ ހިޔާވަހި ޢިމާރާތްކުރުމުގެ މަސައްކަތް 37.46 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާޢީލް ޢަލީއެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑައިރެކްޓަރ، އަޙްމަދު މުބީންއެވެ. މި އެއްބަސްވުމުގެ ދަށުން މަސައްކަތްތައް ނިންމުމަށް ކަނޑައަޅާފައިވަނީ 360 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން 2 ފަންގިފިލާގެ ޢިމާރާތެއް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. މި ޢިމާރާތުގައި 40 މީހުންގެ ޖާގަ ހުންނާނެ ކަމަށާއި، މިތަނުގައި ސިއްޙީ ޚިދުމަތް ދޭނެ ޚާއްސަ ބަޔަކާއި އިދާރީ އޮފީހަކާއި އަދި ޒަރޫރީ އެހެނިހެން ޚިދުމަތްތައް ދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެ އިތުރުން، އިސްރަށްވެހިންގެ މުނިފޫހިފިލުވުމަށް ބޭނުންވާ ރިކްރިއޭޝަން ސަރަހައްދެއްވެސް މި ޢިމާރާތުގައި ހިމެނިފައިވެއެވެ.
4186 މީހުންގެ އާބާދީއެއް އޮންނަ ފުނަދޫގައި މި ޚިދުމަތް ފެށުމުން، ރަށުގެ އިސްރަށްވެހިންނަށް ފަސޭހަކަމާއެކު ސިއްޙީ ފަރުވާ ލިބޭނެ މަގުފަހިވެގެންދާނެއެވެ. މިއީ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ރަށުގެ އިޖުތިމާޢީ ޚިދުމަތްތައް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫޢުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް، ޚާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކަށް އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި އެންމެ އިސް ދައުރެއް އަދާކުރަމުން އަންނަ އެއް ކުންފުންޏެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާފައެވެ. އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި، ފުނަދޫގެ މި މަޝްރޫޢުވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެކަމުގެ ޔަޤީންކަން އެބައޮތެވެ.

26 ދުވަސް ކުރިން
-a666a58c.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން