-8402fff9.png)

ފުނަދޫ އެއާޕޯޓު--
ށ. ފުނަދޫ އެއާޕޯޓަށް ރޭގަނޑު ފްލައިޓުތައް ފެށުމަށް މިރޭ ޖައްސަން ހަަމަޖެހިފައިވާ ޓެސްޓް ފްލައިޓް މާދަމާ ރެއަށް ފަސްވެއްޖެ އެވެ.
ޓެސްޓް ފްލައިޓް ޖެއްސުން ފަސްވީ ވައި ނުސާފުވުގެ ސަބަބުންނެވެ. ފްލައިޓް ޖެއްސުން އޮންނާނީ މާދަމާ ރޭގެ ކޮން ވަގުަތަކަށް ކަމެއް އަދި ނޭނގެ އެވެ.
ޓެސްޓު ފްލައިޓު ޖައްސަނީ ސިވިލް އެވިއޭޝަން އޮތޯރިޓީން ބަލަން ޖެހޭ ކަންކަން ބެލުމަށް ޓަކަ އެވެ.
ޒަމާނީ ފެންވަރަށް ފުނަދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ދެ ފޭސްއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭސްގައި ރޭގަނޑު ފްލައިޓު ޖެއްސުމަށް ބޭނުންވާ ލައިޓު ހަރުކުރުމާއި، ޒަމާނީ ފެންވަރުގެ ލައުންޖަކާއި ރެސްޓޯރެންޓް ހެދުމުގެ އިތުރުން ޓާމިނަލްގެ ފެންވަރު މަތިކުރުމަށްޓަކައި އިތުރު ބެލްޓުތަކެއް ހަރުކުރުމަށްވަނީ ކަނޑައަޅާފައެވެ.
މި އަހަރު ނިމުމުގެ ކުރިން އެ ރަށުގެ އެއާޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސުމުގެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

26 ދުވަސް ކުރިން

5 މަސް ކުރިން

11 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން