-8402fff9.png)
ފާތިމަތު މިޝްކާ
-00d053b5.jpeg)
ގެދޮރުުވެރިޔާ ސްކީމުން ފްލެޓް ލިބޭ ލިސްޓަށް ކުރީގެ ސަރުކާރުގައި ގުރުއަތު ނެގުމުގައި 315 މީހަކަށް ނާޖާއިޒް ގޮތުގައި ފްލެޓް ހަމަޖެއްސި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ހައުސިން މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ސޮއިކުރައްވައި އޭސީސީއަށް މިއަދު ފޮނުވި ސިޓީގައި ވަނީ 76 ޕޮއިންޓަށް ވުރެން މަތިން ލިބުނު 301 މީހެއްގެ ގުރުއަތު ނުނަގައި އެއަށް ވުރެ ދަށުން 75 ޕޮއިންޓް ލިބުނު 315 މީހަކަށް ފްލެޓް ހަމަޖައްސައިދީފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން އުސޫލާ ޚިލާފަށް ވަކި ބަޔަކަށް މަންފާވާ ގޮތަށް ފްލެޓް އެލޮކޭޓްކޮށްފައިވާ މައްސަލަ ތަހުގީގުކޮށްދިނުމަށް އެ ސިޓީގައި އެދިފައިވެއެވެ.
"ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު އެފްޑީސީއާ ހިއްސާކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފްލެޓްތައް ކަނޑައެޅުމަށް 2023 ނޮވެމްބަރު 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ގުރުއަތުގައި 76 އަށް ވުރެ މަތިން މާކްސް ލިބި އެ ފަރާތްތަކަށް ލިބެން ޖެހޭ ފްލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައި ނުވާ ފަރާތްތަކެއް ހުރި ކަމަށް މި މިނިސްޓްރީ އަށް ވަނީ ފާހަގަކުރެވިފަ އެވެ،" މިނިސްޓްރީން ހުށަހެޅި މައްސަލާގައި ވެއެވެ.
މިއީ ފްލެޓް ހޯދަން ހުށަހަޅާފައިވާ ފަރާތްތަކެއްގެ މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ވަކި ބަޔަކަށް މަންފާ ހޯދައިދޭން ނުވަތަ ގެއްލުމެއް ދޭން ކޮށްފައިވާ ކަމެއް ކަމަށް އެ މިނިސްޓްރީއަށް ގަބޫލުކުރެވޭ ކަމަށް ވެސް ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ފެންމަތިވުމާއެކު 75 ޕޮއިންޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުން މިހާރު ވަނީ މެދުކަނޑާލާފައެވެ. ހައުސިން މިނިސްޓްރީން ބުނީ 76 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބުނު އެންމެނަށް ފްލެޓް ހަމަޖައްސައި އެގްރީމެންޓްގައި ސޮއިކޮށް ނިމުމުން ނޫނީ 75 ޕޮއިންޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިނުކުރާނެ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދިނުމުގައި ވަކި ފަރާތަކަށް ނާޖާއިޒް މަންފާއެއް ހޯދައިދިން ކަމަށް ތުހުމަތުކޮށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެ މިނިސްޓްރީގެ އޭރުގެ ބައެއް އިސްވެރިންގެ މައްސަލަ ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން
4 މަސް ކުރިން