-8402fff9.png)
ފާތިމަތު މިޝްކާ
-40a62aaa.jpeg)
ހުޅުމާލެ ފޭސް އެކެއްގައި އެސްޓީއޯގެ އިތުރު ފާމަސީއެއް ހުޅުވައިފިއެވެ.
އެސްޓީއޯއިން މިއަދު ބުނީ އެސްޓީއޯއިން ހުޅުމާލޭގައި ހުޅުވި "އެސްޓީއޯ ފާމަސީ ސެންޓްރަލް" ގެ ޚިދުމަތް އިއްޔެއިން ފެށިގެން ރައްޔިތުންނަށް ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ. އެ ފާމަސީ ހުޅުވާފައި ވަނީ އެސްޓީއޯގެ ސްމާޓް ސްޓޯރު ކުރިން ހިންގި އިމާރާތުގައެވެ.
އެ ފާމަސީ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯގެ ސިއްހީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން، އެ ފާމަސީން ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒާ ފަދަ ތަކެތި ވިއްކުމުގެ ހިދުމަތް ފޯރުކޮށްދެއެވެ.
އެތަން ހުޅުވާފައި ހުންނަނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދަމު 12:00 އާ ހަމައަށެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ދިނުމަށް ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ހިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ހިދުމަތްވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

27 ދުވަސް ކުރިން
-ffb3a233.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-1b57f26b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-962b03f1.jpeg)
ގާތްގަނޑަކަށް 2 މަސް ކުރިން
-9933aaea.jpg)
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން