-8402fff9.png)

ޢަލީ އަލްވިން

ޕީ.ސީ،އޯ.އެސް ހުރި ބިސްރަވައެއް.
ޕީސީއޯއެސް ނުވަތަ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމްއޭ ބުނުމުން އެއީ ކޮންއެއްޗެއްކަން ނޭންގޭ މީހަކު މިހާރު ނުހުންނާނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ކުރިމަތިވާ މި މައްސަލައަކީ ރާއްޖޭގައި މިހާރު އާންމުވަމުން އަންނަ ސިއްޙީ މައްސަލައެކެވެ. މިކަން ދިމާވުމަށް މެދުވެރިވާ އަސްލު ސަބަބުތަށް ސައިންސްވެރިން އަދި ސިއްޙީ ހިދުމަތްތެރިން ހޯދުމަށް މަސައްކަތް ކުރަމުންދާއިރު މި މައްސަލަ ކުރިމަތި ވުމަށް މެދުވެރިވާ ބައެއް ސަބަބުތަށް ވަނީ ދެނެގަނެވިފައެވެ.
އެގޮތުން މި ލިޔުމުގައި އަލިއަޅުވާލާނީ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް ހުންނަނަމަ ފެންނާނެ ބައެއް ކަންކަމުގެ މައްޗަށެވެ.
ހަށިގަނޑުގައި އުފައްދައިދޭ އިންސުލިންގެ މިންވަރު މަތިވުން.
އިންސާނުންގެ ހަށިގަނޑުގައި އާންމުކޮށް އުފައްދައިދޭ އިންސިއުލިންގެ މިންވަރު އެއްހަމައެއްގައި ހިފަހައްޓައިނުދޭނަމަ އިންސިއުލިން ރެސިސްޓެންސް (އިންސިއުލިން ހަށިގަނޑަށް ނަގައިދުނުމަށް ދެކޮޅުހެދުން) އާއި ދިމާވެއެވެ. މިއީ މެޓަބޮލިކް ހާލަތަކާއި ހުރެ ކުރިމަތިވާ ކަމެއްކަން ވަނީ ދެނެގަނެވިފައެވެ. އަދި ޕީ.ސީ.އޯ.އެސް ހުންނަ %70 އަންހެނުންނަށް މިމައްސަލަ ކުރިމަތިވެއެވެ.
އިންސިއުލިންގެ މިންވަރު ހަށިގަނޑުގައި އިތުރުވާނަމަ އާދަޔާ ޚިލާފަށް ބަރުދަން އިތުރުވުމާއި، އަބަދު ބަނޑުހައިވެފަ ހުރުން، ވަރުބަލިވުން އަދި ނިދުމުގެ މައްސަލަތަކާއި ކުރިމަތިލާންޖެހިދެއެވެ. އަދި މިއީ އަންހެނުންގެ ހޯރމޯނަލް އިންބެލެންސްވުމަށް ދިމާވާ ސަބަބެކެވެ. އެހެންކަމުން ޕީ.ސީ.އޯ.އެސް ހުންނަނަމަ މިއީ ބެލެންސް ކުރުން މުހިންމު ހޯރމޯނެކެވެ. ގަވާއިދުން ސިއްހީ އެހީތެރިއަކަށް ދައްކައި އިންސިއުލިން ޓެސްޓް ހެދުމާއި، ކަސްރަތުކުރުން، ކާރބޯހައިޑްރޭޓް ހުންނަ ކާނާގެ ބައިތަށް މަދުކޮށްލުމާއި އެކު ހެނދުނުގެ ނާސްތާގައި ޕްރޮޓީންއިން މުއްސަނދި ކެއުމެއް ބޭނުންކުރެވިދާނެއެވެ.
ކޮރޓިސޯލްގެ މިންވަރު އިތުރުވުން.
ޕީ.ސީ.އޯ.އެސް ހުންނަ އަންހެނުންގެ ލޭގައި ކޮރޓިސޯލްގެ ބައި ގިނަކަން ފާހަގަކުރެވޭނެއެވެ. މިއީ ޕީސީއޯއެސް (ސްޓްރެސް) އާއި އެކު ދިރިއުޅުމުގެ ޖަޒުބާތީ ބުރަ ބޮޑުވުމުން ހަށިގަނޑުގައި އިތުރުވާ ހޯރމޯންގެ މާއްދާއެކެވެ. ކޮރޓިސޯލް މަތިވުމަކީ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ވަރަށް ބޮޑު އަސަރެއް އެކަމުން ކުރާނެ ކަމެކެވެ. އަދި ކޮރޓިސޯލް މަތިވުމުން އިންސިއުލިން ރެސިސްޓެންސްވެ (އިންސިއުލިން ހަށިގަނޑަށް ނަގައިދުނުމަށް ދެކޮޅުހެދުން) ޕީސީއޯއެސް ހާލަތު އިތުރަށް ގޯސްވެދެއެވެ. އެހެންކަމުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމަކީ މުހިންމުކަމެކެވެ.
ކޮރޓިސޯލް މަތިވުމުގެ އަލާމާތްތަކުގެ ތެރޭގައި ހާސްވުމާއި، ޑިޕްރެޝަން، ލޭގައި ހަކުރު މަތިވުމާއި، ނިދި މަދުވުމާއި، ވަރަށް ބޮޑަށް ވަރުބަލިވުން ހިމެނެއެވެ. ކޮރޓިސޯލް މިންކުރެވޭނީ ލޭ، ކުޑަކަމުދާ ތަކެތި ނުވަތަ މި ހުރިހައި ބައިތަކެއް އެކީގައި ތަހުލީލުކޮށްގެންނެވެ. އެހެންކަމުން ޕީ.ސީ.އޯ.އެސް ކަން ދެނެގަތުމަށްޓަކައި ކޮރޓިސޯލް ޓެސްޓް ތަކުރާރުކޮށް ކުރަން ޖެހިދާނެއެވެ. ކޮރޓިސޯލްގެ މިންވަރު ހިފެހެއްޓުމަށްޓަކައި، ލޭގައި ހަކުރު ބެލެންސްވުމާއި، މެގްނީޒިއަމް ގިނަ ކާނާއާއި، އޮމެގާ 3 އިން މުއްސަނދި ކާނާއާއި، ދުވާލަކު މެދުމިނުގެ ކަސްރަތެއް ކުރުމާއި، ސްޓްރެސް ކުޑަކުރުމުން ކޮރޓިސޯލް ދަށްވުމަށް އެހީތެރިވެދެއެވެ.
ހަށިގަނޑުގައި އެނޑްރޯޖެންސްގެ މިންވަރު މަތިވުން.
އެންޑްރޮޖެންސް އަކީ ޕީސީއޯއެސްގެ ނޭދެވޭ ގިނަ ޖިސްމާނީ އަލާމާތްތަކާއި އަންހެނުންގެ މައްސަރު ކަންތައްތަކަށް ބުރޫއަރާ ހޯރމޯން (ޓެސްޓޮސްޓިރޯން، ޑައިހައިޑްރޯޓެސްޓޮސްޓިރޯން، ޑީހައިޑްރޯއެޕިއަންޑްރޯސްޓިރޯން) އެކުލެވޭ ހޯރމޯން ގްރޫޕް އަކަށް ކިޔާ ނަމެކެވެ. އެންޑްރޮޖެންސް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ފުން ޓިޝޫތަކަށް (އިންސިއުލިން ރެސިސްޓެންސް) ވުމަށް މަގުފަހިކުރުވައެވެ. އެހެންކަމުން އެންޑްރޮޖެން ބެލެންސް ކުރުމުގެ ޕްލޭން ނުވަތަ ތަޅުދަނޑިއަކީ ޕީސީއޯއެސް އާއިއެކު ހަށިގަނޑުން އުފައްދަދޭ އެންޑްރޮޖެންސްގެ ބައި ކޮންޓްރޯލްކޮށް އެއްހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރާކަން ޔަގީން ކުރުމެވެ.
އެންޑްރޮޖެންސް މަތިވުމުގެ އަލާމާތްތަކުގެ ތެރޭގައި ޕީރިއަޑް ގަވާއިދުން ނުވުމާއި، ދަރިމައިވުމަށް އުނދަގޫވުން، އިސްތަށިފޭބުން އަދި އޮށާޅަ ނެގުން ހިމެނެއެވެ. އެހެންކަމުން ހަށިގަނޑުގައި އުފައްދައިދޭ ހުރިހާ އެންޑްރޮޖެން ލެވެލް އަދި ސެކްސް ހޯރމޯން ބައިންޑިންގ ގްލޯބިއުލިން (އެސް.އެޗް.ބީ.ޖީ) ގެ މިންވަރުތަށް ބަލާލުމަށް ފުރިހަމަ އެންޑްރޮޖަން ޕެނަލެއް ހެދުމަށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާހޯދުން މުހިންމެވެ. ހަށިގަނޑުގައި އެންޑްރޮޖަންގެ މިންވަރު ދަށްކުރުމަށް ސްޕީއާރމިންޓް ޓީ (2 ތަށި)، ވިޓަމިން-ޑީ ގިނަ ކާނާ، ބަރުދަން ލުއިކުރުން، އޮމެގާ 3 މުއްސަނދި ކާނާ އަދި ތަފާތު ވައްތަރުގެ ނަޓްސް އެހީތެރިވެދެއެވެ.
5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން