-8402fff9.png)
-9b3612b6.jpeg)
ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން ތުރުކީ ސަރުކާރުން, ހަދިޔާކުރި މަނަވަރު ރާއްޖެ ގެނެސްފިއެވެ.
އެނގިފައިވާގޮތުގައި އެ އުޅަނދު ރާއްޖެ ގެނެސްފައި ވަނީ ބޮޑެތި ކަނޑު އުޅަނދު އުފުލާ، "ބްރޭކް ބަލްކް ކެރިއާ"އެއްގައެވެ.
ތުރުކީގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ ޓާކިޔޭ ޓުޑޭގައި މިދިޔަ އޭޕްރީލް މަހު ރިޕޯޓްކޮށްފައިވާގޮތުގައި TCG ވޮލްކަން (P-343)ގެ މިސައިލް ބޯޓެއް އެ ގައުމުން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.
އެ ބޯޓު ހަދިޔާކުރަނީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގާއިމުކޮށްފައިވާ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.
މި އުޅަނދު ރާއްޖެ ގެނައިކަމެއް ރަސްމީކޮށް ޑިފެންސް މިނިސްޓްރީން އަދި ހާމަކޮށްފައެއްނުވެއެވެ.
މިކަމާ ގުޅޭގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ އެ މަނަވަރު ދިވެހި ސިފައިންގެ ޚިދުމަތަށް ތައާރަފު ކުރަނީ، އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަން ދަމަހައްޓައި، މެންބަރު ގައުމެއްގެ ހައިސިއްޔަތުން އޮތް ދައުރު އަދާކުރުމުގައި ޒިންމާދާރު ބަޔަކަށްވުމަށް ކަމަށެވެ.
ޑިފެންސް މިނިސްޓްރީން ބުނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން، ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލްކަން ހުރި ބަޔަކަށް ސިފައިން ހެދުމާއި، ކޯސްޓްގާޑުގެ ގާބިލްކަން ދެގުނަ ކުރުމަކީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަނޑުދަނޑިއެއް ކަމަށެވެ.
މިއީ ރަހުމަތްތެރި ގައުމަތަކާ ގުޅުންބަދަހި ކުރުމުގެ ނަތީޖާކަން ފާހަގަކުރައްވައި އެ މިނިސްޓްރީން ބުނީ އެ އުޅަނދު ރާއްޖެ ގެނެސް، އޮޕަރޭޓު ކުރަން ތައްޔާރުވުމުގެ ގޮތުން، ތުރުކީވިލާތުގައި ދިވެހި ސިފައިން ތަމްރީނުވަމުންދާ ކަމަށެވެ.
ސިފައިންގެ ޚިދުމަތަށް އިތުރު ކުރެވޭ މި ގާބިލް ކަމަކީ، ގާނޫނު އަސާސީއާއި ސިފައިންގެ ގާނޫނުގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
-20600e4e.jpg)
24 ދުވަސް ކުރިން

27 ދުވަސް ކުރިން
-ccce5dd5.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-f102ecee.png)
2 މަސް ކުރިން

2 މަސް ކުރިން