-8402fff9.png)

ހަނިމާދޫ ހޮސްޕިޓާލުގެ ބިންގާ އެޅުން --
ހދ. ހަނިމާދޫގައި ހެދުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ ބިންގާ މިއަދު އަޅައިފިއެވެ.
އެ އަތޮޅަށް މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.
ތިރީސް އެނދުގެ މި ހޮސްޕިޓަލް އެޅުމަށް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 104 މިލިއަން ރުފިޔާއަށެވެ.
މިއީ ކުވައިތު ފަންޑުގެ އެހީގައި އަޅާ ހަތް ހޮސްޕިޓަލުގެ ތެރެއިން ހޮސްޕިޓަލެކެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2023ވަނަ އަހަރު އެ މަސައްކަތް އަމިއްލަ ކުންފުންޏަކަށް ހަވާލުކޮށް، މަސައްކަތް ނުފެށި އޮތުމަށް ފަހުއެވެ.
ހަނިމާދޫގެ އިތުރުން މި މަޝްރޫއުގެ ދަށުން ހޮސްޕިޓަލް ތަރައްގީކުރަނީ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައެވެ.

3 ދުވަސް ކުރިން

4 މަސް ކުރިން

11 މަސް ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން