-8402fff9.png)
މުހައްމަދު އިޔާން

ހދ. ހަނިމާދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ކުޑަ ކުއްޖަކަށް އަނިޔާވެއްޖެއެވެ.
އެ ރަށުން “ނުކުތާ”އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މި އެކްސިޑެންޓު ހިނގީ ހަވީރު 3 ޖަހާލާހާއިރުއެވެ. އެކްސިޑެންޓުވީ ކާރަކާއި ބައިސްކަލެއް ޖެހިގެންނެވެ.
އެކްސިޑެންޓުގައި އަނިޔާވީ ބައިސްކަލު ދުއްވަން އިން ކުޑަ ފިރިހެން ކުއްޖާއަށެވެ. އޭނާއަކީ ގުރޭޑު 10ގައި އުޅޭ ކުއްޖެކެވެ.
ކާރު ވަނީ އެ ކުއްޖާގެ ވާތު ފަރާތަށް އަރައިފައި ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި އެ ކުއްޖާގެ ވާތު ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ބުންޏެވެ. އަދި އެ ކުއްޖާގެ ވާތު ކޮނޑަށް ވެސް ވަނީ ޒަހަމްތަކެއް ލިބިފައެވެ.
އެކްސިޑެންޓުވީ ކާރަކީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާގެ ކާރުކަމަށް މައުލޫމާތު ލިބެއެވެ.
އަނިޔާވި ކުއްޖާއަށް މިހާރު ފަރުވާދެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. އެ ކުއްޖާ މާލެ ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

3 ދުވަސް ކުރިން
-29b48774.png)
ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން
-1b57f26b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-d77c6edb.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން