-8402fff9.png)

ފާޠިމަތު ހިބާ

ހަނިމާދޫ
ހދ. ހިރިމަރަދޫ ރައްޔިތުން، އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސްގެ ޚާއްސަ ޤަރާރަކުން މި ބަދަލު ގެނައީ އަންނަ އަހަރުގަ އޭޕްރިލަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުން ކޮމެޓީގެ އިންތިހާބާ ގުޅިގެންނެވެ.
އަދި އަންނަ އަހަރުގެ އިންތިހާބުގެ ތާރީހަކީ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ މަރުޙަލާގެ ތެރޭގައި ހިމެނޭ ތާރީހަކަށް ވާތީއާއިވެސް އެކުގައެވެ.
ގާނޫނުގައި އޮންގޮތުން ނަަމަ މީހުން ދިރިއުޅޭ އެއްވެސް ރަށަކީ ފަޅު ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާނަމަ އެ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލު ކުރާއިރު، ބަދަލު ކުރެވޭ ރަށުގެ ރައްޔިތުން އިންތިޚާބީ ދާއިރާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބަލަންވާނީ އެ މީހުން އަލަށް ބަދަލުކުރެވުނު ރަށްކަމަށް ބަޔާންކޮށްފައިވެއެވެ.
ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ނިންމެވީ ހިރިމަރަދޫގެ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅުގެ ހަނިމާދޫކަމުގައި ބެލުމަށް މަގުފަހިކޮށްދިނުމަށްކަމަށް މިއަދު ރައީސްގެ ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.
ރައީސް މިއަދު އަކަށައެޅުއްވި ގަރާރާއިއެކު ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމުން ހިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫންކަމަށް ކަނޑައެޅުއްވުމަށް ވަނީ ނިންމަވާފައެވެ. އަދި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫވަނީ އުނިކޮށްފައެވެ.
ރައީސް އޮފީހުން ބުނީ މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެކަން ސަރުކާރުން ޢާންމުކޮށް އިޢުލާނުކުރާ ތާރީޚުން ފެށިގެންކަމަށެވެ.

3 ދުވަސް ކުރިން

15 ދުވަސް ކުރިން

25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން