-8402fff9.png)

މަރްޔަމް މާޙީ

އޮގަސްޓު މަސް ނިމުނުއިރު ދައުލަތުގެ ހަރަދަށްވުރެ އާމްދަނީ އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުނ ްދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ އޮގަސްޓު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމުލަ 25.31 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެއެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 19.71 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އިތުރު އާމްދަނީގެ ގޮތުގައި 5.39 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅައިބަލާއިރު އިތުރު އަދަދެކެވެ.
އަދި މިހާތަނަށް ދައުލަތުން ހަރަދުކޮށްފައިވަނީ މިއަހަރަށް ކަނޑައެޅިފައިވާ ބަޖެޓުގެ 50.37 އިންސައްތައެވެ. އެއީ ޖުމުލަ 24.77 ބިލިއަން ރުފިޔާ އެވެ.
މިއާއެކު ދައުލަތުގެ އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރުވެފައެވެ. އަދި ހަރަދުތައް ވަނީ 15.4 އިންސައްތަ ދަށްވެފައެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް ޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

22 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-7963d5ad.png)
3 މަސް ކުރިން
-2e33d5a7.jpeg)
3 މަސް ކުރިން