-8402fff9.png)

މަރްޔަމް މާޙީ

ތިލަފުށި--
ތިލަފުށީގައި މީހެއްގެ ގައިމަތިން ލޮރީއެއް ގޮސް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން ބުނީ ކ.ތިލަފުށީގައި އެކްސްކެވޭޓާ އެއް ކައިރީ މަސައްކަތްކުރަން ހުރި މީހެއްގެ ގައި މަތިން ލޮރީ އެއް ގޮސްފައިވާ މައްސަލަ މިއަދު 14:15ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސްރީލަންކާ ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެމީހާ އަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށާއި, އޭނާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި މި މައްސަލައިގައި ލޮރީ ޓޯވް ކޮށް, އެ ދުއްވަން އިން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވިނޭޝް އަނަންދުރައި (28އ) ނަމަކަށް ކިޔާ އިންޑިޔާ މީހެކެވެ.
މި މައްސަލަ ފުލުހުން އަންނަނީ މިހާރު އިތުރަށް ތަހުގީގު ކުރަމުންނެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން