-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

މަގުމަތީގައިހުރި ސައިކަލުތަކެއްގައި ސްޓިކާ ޖެހުމުގައި ފުލުހުން ހަރަކާތްތެރިވަން-- ފޮޓޯ: މިހާރު
މިދިޔަ ހަފްތާ ބަންދުގައި މާލެ ސަރަހައްދުން 22 އުޅަނދެއް ފުލުހުން ޓޯކޮށްފިއެވެ.
ފުލުހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭގެތެރޭގައި ހުޅުމާލެއިން ޓޯކުރި 20 އުޅަނދާއި މާލެއިން ޓޯ ކުރި ދެ އުޅަނދެއް ހިމެނެއެވެ.
މީގެ އިތުރުން, ހުޅުމާލެއިން 19 ސައިކަލަކާއި އެއް ހަތަރު ފުރޮޅުލީ އުޅަނދު ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އޭގެތެރޭގައި ލައިސެންސް ނެތި ދުއްވައިގެން ޓޯކުރި 12 ސައިކަލާއި އެއް ހަތަރު ފުރޮޅުލީ އުޅަނދު ހިމެނެއެވެ. އަދި ނުރައްކާތެރިކޮށް ދުއްވައިގެން ހަ ސައިކަލެއް ވަނީ ޓޯ ކޮށްފައެވެ. އަދި ދެ ސައިކަލެއް ވެސް ވަނީ ޓޯކޮށްފައެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އަސްލަށް ބަދަލު ގެނެސްގެން ދުއްވި އެއް ސައިކަލު ވެސް ވަނީ ޓޯ ކޮށްފައެވެ. އަދި މިދިޔަ ހަފްތާ ބަންދުގައި ހުޅުމާލެއިން 30 އުޅަނދެއް ޓްރެފިކް ޖޫރިމަނާކުރެވުނު ކަމަށް ވެސް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި 27 ސައިކަލާއި 3 ހަތަރު ފުރޮޅުލީ އުޅަނދު ހިމެނެއެވެ.
މާލެ ސަރަހައްދުގައި ރައްކާތެރިކޮށް ދުއްވުމަކީ އަބަދުވެސް ފުލުހުންގެ އިލްތިމާސެކެވެ. އަދި ފުލުހުން ބުނާ ގޮތުގައި ނުރައްކާތެރިކޮށް ދުއްވައިގެން ހިނގާ އެކްސިޑެންޓްތަކުގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން