-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

130 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރުކުރި ޝަހީބް -- ފޮޓޯ: ފުލުހުން
2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކަންނެލި ދޯންޏެއްގައި ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ޝަހީބް އިބްރާހީމް، އޭނާގެ އުމުރުދުވަހުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
ޝަހީބްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު މައްސަލަ ހައިކޯޓަށް ހުށަހެޅި ނަމަވެސް، މައްސަލަ ރަޖިސްޓްރާ ކުރުމަށްފަހު ގޮތެއް ނިންމާފައިވާކަމަށް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ޝަހީބާއި އަހުމަދު މޫސާގެ މައްޗަށް އުފުލާފައި ވަނީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދެ ދައުވާއަކާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ދައުވާއެކެވެ.
މި މައްސަލައިގައި ޝަހީބާއި އަހްމަދު މޫސާގެ އިތުރުން ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު އާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ މައްޗަށް ވެސް ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން ބަންގްލަދޭޝްގެ ދެ މީހުން ކަމަށްވާ އިގުބާލާއި މުހައްމަދު ރިޔާދުގެ މައްޗަށް ވެސް މި މައްސަލައިގައި ހުކުމް އިއްވާފައިވެއެވެ.
މި މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ވެސް ދައުވާ އުފުލިއެވެ. ނަމަވެސް، ޖުވެނައިލް ކޯޓުން ވަނީ އެ ކުއްޖާގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅާފައެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން