-8402fff9.png)

މާލެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު-- ފޮޓޯ: އެމްޓީސީސީ
މާލެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު މަރާމާތުކުރަމަށް ބަންދުކުރި ބައި ހުޅުވާލައިފިއެވެ.
އެއްޓީސީސީއިން ބުނި ގޮތުގައި މި މަޝްރޫއުގެ ތެރެއިން ބޮޑުތަކުރުފާނު މަގަށް ޒަމާނީ ބަދަލުތްކެއްގެނެވިފައިވާނެއެވެ.އޭގެތެރޭގައި ފެންހިންދާ ނިޒާމަކާއި އެކްސެސިބިލިޓީ ފީޗާސްއާއެކު ދުވާރެއްގެ އިތުރުން މަގުމަތީގެ ނިޝާންތައް ހިމެނެއެވެ. މި މަޝްރޫއާއެކު މާލޭގެ ޓްރެކިކް މައްސަލައައް ކޮންމެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ވެސް އެމްޓީސީއިން ވަނީ ބުނެފައެވެ.
މި މަޝްރޫއު ފަށާފައިވަނީ މީގެ ތިން މަސް ކުރިން މި އަހަރުގެ އޮގަސްޓްގައެވެ. ދެ ސެގްމެންޓަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މަޝްރޫއުގެ ތެރެއިން އަދި މި މިނިމުނީ ފުރަތަމަ ސެގްމެންޓްގެ މަސައްކަތެވެ. ދެވަނަ ސެގްމެންޓްގެ މަސައްކަތް އަންނަ ހަފްތާ ފަށާއިރު، މި ސެގްމެންޓުގައި ކުރިއަށްދާނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތެވެ.
މުޅި ބޮޑުތަކުރުފާނު މަގުގައި އެއްކޮށް ތާރުއެޅުމުގެ މި މަޝްރޫ އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 455 ދުވަހުގެ ތެރޭގައެވެ. އެ ދުވަސްތަކުގެ ތެރޭގައި ޖުމުލަ 1،088 މީޓަރުގެ ސަރަހައްދެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މުޅި މަޝްރޫއަށް 144 މިލިއަން ރިފުޔާ ހަރަދުވާނެ ކަމަށް އެމެޓީސީއިން ހާމަކޮށްފައިވެއެވެ.

18 ދުވަސް ކުރިން
-a666a58c.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން