-8402fff9.png)
-d9d2168d.jpg)
ހާއިމް އަހްމަދު ހާޝިމް

އޮޔާ ދިޔަ ދޯނި ސަލާމަތްކުރަނީ --
ފުވައްމުލައް ސިޓީ އިން މަސް ބާނަން ނުކުމެ އުޅުނު ‘’ ސަވާރީ’’ ނަމަކަށް ކިޔާ ދޯންޏެއް އޮޔާ ދަނިކޮށް ފުލުހުން ސަލާމަތް ކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ ދޯނި އޮޔާ ގޮސްފައިވަނީ އިންޖީނު ހުއްޓިގެން ކަމަށާއި، އެ ހަބަރު ފުލުހުންނަށް އެ ހަބަރު ލިބުނީ މިއަދު ހަވީރު 3:50 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މިކަމުގެ މައުލޫމާތު ފުވައްމުލައްސިޓީ ޕޮލިހަށް ލިބުމާއެކު ފުލުހުން އެސަރަހައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 މީހުން ޕޮލިސް ލޯންޗުގައިފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން ބުނި ގޮތުގައު އޭގެތެރޭގައި ހިމެނެނީ 7 އަންހެނުންނާއި ކުޑަކުއްޖެކެވެ. އަދި އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު ސަވާރީ ދޯނި މިހާރު ފުވައްމުލަކަށް ގެނެސްފައިވާ ކަމަށާއި، ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅުކަން ފުލުހުން ފާހަގަ ކުރިއެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން