-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

އަމާން އުދަރެސް ފްލެޓްތައް
ގެދޮރުވެރިޔާގެ ދަށުން އިމާރަތްކުރި 4،000 ފްލެޓުގެ އެޕާޓްމެންޓުތަކުގެ އެޑްވާންސް ކުޑަކުރުމުގެ ކުރިން، ކުރީގެ ބޮޑު އަދަދަށް އެޑްވާންސް ދައްކާފައިވާނަމަ ކުރިއަށް އޮތް މަސްތަކުގެ ފްލެޓް ކުލިން އެ ބައި އުނިކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިރޭ ބުނެފި އެވެ.
ކުރިން ތިން ކޮޓަރީގެ އެޕާޓްމަންޓްގެ ސެކިއުރިޓީ ޑިޕޮސިޓް ނުވަތަ އެޑްވާންސަކީ 25،000 ރުފިޔާ އެވެ. މިހާރު އެ އަދަދު ވަނީ 8،500 ރުފިޔާއަށް ކުޑަކޮށްފަ އެވެ.
ކުރިން ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ސެކިއުރިޓީ ޑިޕޮސިޓް ނުވަތަ އެޑްވާންސަކީ 15،000 ރުފިޔާ އެވެ. މިހާރު އެ އަދަދު ވަނީ 6،000 ރުފިޔާއަށް ކުޑަކޮށްފަ އެވެ.
ހައުސިން މިނިސްޓްރީން މިރޭ ބުނީ ކުޑަކުރަން ނިންމި އަދަދަށް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓުމަށްފަހު ބާކީ ބައި ކުރިއަށް ހުރި މަސްތަކުގެ ކުލީގެ ގޮތުގައި ހަމަޖައްސާނެ ކަމަށެވެ.
ދެ ކޮޓަރީގެ އެޕާޓްމަންޓްގެ ކުއްޔަކީ މިހާރު 7،000 ރުފިޔާ އެވެ. ބެލެވެނީ އަންނަ މަހު ދެ ކޮޓަރީގެ ފްލެޓްތަކުން ދައްކަން ޖެހޭ ކުއްޔެއް ނޯންނާނެ ކަމަށެވެ. އަދި ޖެހިގެން އަންނަ މަހު ދައްކަން ޖެހޭނީ 2،000 ރުފިޔާ އެވެ.
ތިން ކޮޓަރީގެ އެޕާޓްމަންޓްގެ ކުއްޔަކީ މިހާރު 10،000 ރުފިޔާ އެވެ. ބެލެވެނީ އަންނަ މަހު ތިން ކޮޓަރީގެ ފްލެޓްތަކުން ދައްކަން ޖެހޭ ކުއްޔެއް ނޯންނާނެ ކަމަށެވެ. އަދި ޖެހިގެން އަންނަ މަހު ދައްކަން ޖެހޭނީ 3،500 ރުފިޔާ ކަމަށް ބެލެވެ އެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން

5 މަސް ކުރިން
-e2c2a041.jpg)
5 މަސް ކުރިން