-8402fff9.png)
ފާތިމަތު މިޝްކާ

ފޮޓޯ: ރޮއިޓާޒް
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ފަރާތުން ދޭ "އިންޖިނިއަރސް އެވޯޑު" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އަހަރުގެ އިންޖިނިއަރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް މި މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
އެއީ:
ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ 'އިންޖިނިއަރސް އެވޯޑު ދިނުމާ ގުޅޭ އުސޫލު' ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 20 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
އެވޯޑަށް ނަން ހުށަހެޅުމަށް އޮންލައިން އެޕްލިކޭޝަން ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި، އިގުރާރު ލިންކް: https://awards.infrastructure.gov.mv މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.
އިންޖިނިއަރުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަސް ކަނޑައަޅައި އެ ދުވަސް ފާހަގަކުރަން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ. އޮގަސްޓް 30 މި ދުވަހަށް ޚާްއްސަކުރީ އިންޖިނިއަރިންގެ ދާއިރާއިން މި ރާއްޖޭގައި މިހާތާނަށް ހިންގި އެންމެ ބޮޑު މަޝްރޫއުކަމަށްވާ ސިނަމާލެ ބުރިޖު ހުޅުވީ އޮގަސްޓް 30ގައި ކަމަށް ވާތީ އެވެ.
މިއީ އިންޖިނިއަރުންނަށް ދޭ އެވޯޑު ދޭނެ ފުރަތަމަ އަހަރުކަންވެސް ފާހަގަކޮށްލެވެ އެވެ.

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

5 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން