-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

އަބްދުالله މަހްޒޫމް މާޖިދު ވާހަކަދައްކަވަނީ-- ފޮޓޯ: ފީއެސްއެމް
ޔޫތް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުالله މަހްޒޫމް މާޖިދު މާލެ ސިޓީ މޭޔަރު ކަމަށް ވާދަކުރުމަށް ނިންމައިފިއެވެ.
މަހްޒޫމް މިހެން ވިދާޅުވީ މިއަދު އޭނާ އެކްސްގައި ކޮށްފިއިވާ ޕޯސްޓެއްގައެވެ.
މަހްޒޫމް ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ފާޑުކިޔުމުން މަގާމުން ސަސްޕެންޑް ކުރިއެވެ. އެއަށްފަހު އޭނާ އަމިއްލައަށް މަގާމުން ވަކިވިއެވެ.
އޭގެ ފަހުގައި އޭނާ ފެނުނީ ވެސް ސަރުކާރާ ދެކޮޅު އެކްޓިވިސްޓެއް ގޮތުގައެވެ. މަހްޒޫމް ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވީ އެމްޑީއޭގެ ސްލޮޓެއްގަ އެވެ. އޭނާއަކީ އަދިވެސް އެ ޕާޓީގެ މެންބަރެކެވެ.
މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ވެއްޓުނު މައްސަލާގައި އިންސާފު ހޯދުމަށް ގޮވާލާ ޒުވާނުން މާލޭގައި ބޭއްވި ސިލްސިލާ މުޒާހަރާތައް ލީޑް ކުރި އެކަކަކީ ވެސް މަހްޒޫމެވެ.
އަދި ފުލުުހުން އެ މުޒާހާރާއިން އޭނާ ހައްޔަރުކުރިއެވެ. އޭނާގެ މައްޗަށް ދައުވާ ކުރަން ވެސް ނިންމިއެވެ.
ނަމަވެސް މިދިޔަ މަހު 25 ގައި މަހްޒޫމުގެ މަށްޗަށް އުފުލި ދައުވާ ކުރިއަދް ނުގެންދިޔުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމިއެވެ.
ބޮޑަށް ބެލެވެނީ އޭނާ ނިކުންނާނީ އަމިއްލަ ގޮތުން ކަމަށެވެ.
މާލޭގެ މޭޔަރު ކަމަށް ވެރިކަންކުރާ ޕީއެންސީން ވާދަކުރައްވަނީ ރިޓަޔަޑް ޖެނެރަލް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޕީއެންއެފް އިން ތާއީދުކުރަނީ އަމިއްލަ ގޮތުން މޭޔަރު ކަމަށް ވާދަކުރައްވާ، އިސްމާއީލް ޒަރިޔަންދަށެވެ.
އެމްޑީޕީގެ މާލެ މޭޔަރު ޓިކެޓަށް މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް ވާދަކުރައްވަ އެވެ. ޕްރައިމަރީ އޮތީ އަންނަ މަހުގެ 16 ވަނަ ދުވަހުގަ އެވެ.

2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-fa41261d.jpg)
4 މަސް ކުރިން

4 މަސް ކުރިން
-30455362.jpg)
4 މަސް ކުރިން