-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު -- ފޮޓޯ: ވީއޭއެމް
ކާވާ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ދިވެހި ޓީމަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.
ސޯޝަލް ސެންޓަރުގެ ހޯލުގައި މިރޭ ކިރިގިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޓީމު ބަލިވީ 1-3 ސެޓުންނެވެ.
އެ މެޗުން ރާއްޖެ ބަލިވި ނަމަވެސް، މެޗުގެ ފުރަތަމަ ސެޓު ނެގީ ރާއްޖެއިންނެވެ. ފަހަތުން އަރައި އެ ސެޓު ރާއްޖެއިން ނެގީ 20-25 އިންނެވެ.
އެހެން ނަމަވެސް ކުޅުން ރަނގަޅުކޮށް ކިރިގިސްތާނުން ދެން އޮތް ތިން ސެޓު ވެސް ނެގިއެވެ. އެ ސެޓުތައް އެ ޓީމުން ކާމިޔާބުކުރީ 22-25، 17-25 އަދި 21-25 އިންނެވެ. އެ ސެޓުތަކުގައި ވެސް ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.
ވަކިިން ޚާއްސަކޮށް މެޗުގެ ފަހު ސެޓުގައި ރާއްޖެއިން ހަތް ޕޮއިންޓުގެ ބޮޑު ލީޑެއް ނެގިއެވެ. އެހެން ނަމަވެސް އެ ލީޑު ގެއްލި ރައްޖެއަށް މެޗު ގެއްލުނީއެވެ.
ފައިނަލުން ބަލިވި ނަމަވެސް، މި މުބާރާތުގައި ރާއްޖޭގެ ޓީމުން ދެއްކި މޮޅު ކުޅުމާއި ހިތްވަރު ފާހަގަކޮށްލެވެއެވެ. ޖުމްލަ ހަތަރު ޓީމު ވާދަކުރި މި މުބާރާތުގެ ލީގު ފޭސްއިން ރާއްޖެ ފައިނަލަށް އައީ ކިރިގިސްތާނު ހިމެނޭހެން އެއްވެސް މެޗަކުން ބަލިނުވެއެވެ. އަދި ސެމީ ފައިނަލުގައި ރާއްޖެއިން ވަނީ ބަންގްލަދޭޝް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ.

11 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-692bcfbb.jpeg)
2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން
2 އަހަރަށްވުރެ ގިނަ ކުރިން