-8402fff9.png)

ފާޠިމަތު ހިބާ

ކާވާ އަންހެން ވޮލީ މުބާރާތުގެ ފައިނަލުގައި މިރޭ ކުޅޭނެ ރާއްޖޭގެ އަންހެން ޤައުމީ ވޮލީބޯޅަ ޓީމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަހުރީބު ދެއްވައިފައެވެ.
ކާވާ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ރާއްޖޭގެ އަންހެން ޓީމު، ކްރިގިސްތާނުގެ ޓީމާއި ދެކޮޅަށް މިރޭ ނުކުންނާނެއެވެ. މި މެޗު އޮންނާނީ މާލޭގެ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައެވެ.
އެ މެޗަށް ދިވެހި ޓީމަށް ތަރުޙީބު ދެއްވަވުން ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެ މުބާރާތުގެ ކުރީ މެޗުތަކުގައި މޮޅުކުޅުމެއް ދައްކައި މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަކީ ޤައުމަށް ލިބުނު ބޮޑު ފަޚްރެއް ކަމަށެވެ.
އަދި މިރޭ އޮންނަ ފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ދިވެހިންނަށް ލިބުމަކީ އުންމީދު ކަމަށާއި، އެމަނިކުފާނު އަދި ދިވެހި ރައްޔިތުން ވެސް މިތިބީ ރާއްޖެއާ އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން