-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

މާރާމާރީގެ ތެރެއިން-- ފޮޓޯ: އެމްވީ ކްރައިސިސް
މާލޭގައި ދެ ނޭޕާލް އަންހެނުންގެ މެދުގައި މާރާމާރީއެއް މިރޭ ހިނގައިފިއެވެ.
މި މާރާމާރީ ހިނގިކަމުގެ މައުލޫމާތު ލިބިފަިއވަނީ މިރޭ ގަޑިން 7:47 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި މާރާމާރީ ހިނގާފައިވަނީ އަސަރީ ހިނގުމުގައެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ ކެފޭއެއް ކުރިމަތީގައެވެ. އަދި އެ ވީޑިއޯގައި އެކަކު އަނެކަކު ގައިގާ ހިފާ ހަޅޭއްލަވާތަން ފެނެއެވެ.
އެ ތަނުގައި ތިބި ފިރިހެނުންތަކެއް އެ ހަމަނުޖެހުން ހުއްޓުވަން މަސައްކަތް ކުރާތަން ވެސް ފެނެއެވެ. އަދި އެ ސަރަހައްދަށް ގިނަ ބައެއް އެއްވެފައި ތިބި މަންޒަރު ވެސް ފެނެއެވެ.
މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަަމުންދާ ކަމަށް ފުލުހުން ބުންޏެވެ. މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ނުބުނެ އެވެ.
މި މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

2 މަސް ކުރިން

3 މަސް ކުރިން
-4c7733b5.jpeg)
4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން
-b21133bc.jpg)
5 މަސް ކުރިން

6 މަސް ކުރިން