-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ހައްޔަރުކުރި ބިދޭސީ މީހާގެ ވަނަވަރު-- ފޮޓޯ: ފުލުހުން
ގަވާއިދާ ހިލާފަށް ސިނގިރޭޓު ވިއްކަމުން ދިޔަ ބިދޭސީއަކު ހުޅުމާލެއިން އިއްޔެ ހައްޔަރުކޮށްފިއެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕްރޭޝަން "ރިވެލި" ގެ ދަށުން ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނަކީ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި އަދި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސިންނާއި އެމީހުން ކުރަމުންދާ ގަވާއިދާ ހިލާފު ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފިވަނީ ބަންލްދޭޝްގެ ރައްޔިތެއްކަމަށްވާ ޝުކޫރު ޢަލީ 44އ އެވެ. އޭނާ ހައްޔަރުކޮށް ބަލާފާސްކުރި އިރު އޭނާގެ އަތުން 10 ސިނގިިރޭޓު ފޮއްޓާއި 3,200 އަށްވުރެ ގިިނަ ޔޫއެސް ޑޮލަރާއި 2,900 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވެއެވެ.
އަދި އޭނާ އުޅެމުންދާ ތަން ބަލާފާސްކުރި އިރު 32 ކާޓޫނުގެ ސިންގިރޭޓާއި 13 ސިނގިރޭޓު ފޮށި ފެނިފައިވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން