-8402fff9.png)

ފާޠިމަތު ހިބާ

އާ އަަރު ފެށުމުގެ ގޮތުން ހަވާ އަރުވަނީ--ފޮޓޯ/ޕީއެސްއެމް
އާ އަހަރު ފެށުން ފާހަގަ ކުރުމުގެ ގޮތުން މިރޭ ސެންޓްރަލް ޕާކުގައި ޑްރޯން ޝޯއާއި އެކު ހަވާ އެރުވުމަށް ވަނީ ނިންމާފައެވެ.
ސިފައިން ބުނި ގޮތުގައި އާ އަހަރު ފެށުން ފާހަގަ ކުރުމުގެ ގޮތުން މިރޭ 12:00 ގައި ސެންޓްރަލް ޕާކުގައި ހަވާ އަރުވަން ހަމަޖެހިފައިވާކަމަށެވެ. މި ހަރަކާތް ކުރިއަށްދާނީ ފަަސް މިނެޓަށް ކަމަށްވެސް ސިފައިން ބުންޏެވެ.
މިދިޔަ އަހަރު ވެސް ބޭއްވި ގޮތަށް މިއަހަރުވެސް ޑްރޯން ޝޯ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ވިޒިޓް މޯލްޑިވްސްއިން ވެސް ބުނެފައިވެއެވެ. މިދިޔަ އަހަރުވެސް ޑްރޯން ޝޯ އަށް އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
ޑްރޯން ޝޯ ކުރިއަށް ގެންދިއުމަށް މިރޭ 9:00 އިން ފެށިގެން 15 މިނިޓަށް ހަމަޖެހިފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ. މިފަހަރުގެ ޑްރޯން ޝޯގައި ފެންނާނީ ދިވެހި ކުޑަ ކުއްޖެއްގެ ވާހަކައެވެ. ދިވެހިވަންތަ އަދި ރާއްޖޭގެ ތަރައްގީއާ ގުޅުވައިގެން އެ ވާހަކަ ކިޔައި ދިނުމުގައި 75 ޕައިރޯޑްރޯން ބޭނުން ކުރުމަށް ހަމަޖެހިފައިވާކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.
ރާއްޖޭގެ މުއްސަނދި ސަޤާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތައް މިރޭ ފެސްޓިވަލުގެ ތެރެއިން ފެނިގެންދާނެއެވެ. މީގެ ތެރޭގައި ބޮޑުބެރުގެ ހަރަކާތްތައްވެސް ކުރިއަށް ދާނެއެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން