-8402fff9.png)

ފާޠިމަތު ހިބާ

އއ.ތޮއްޑޫ--ފޮޓޯ
އއ.ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް ފެށުމަށް މޯލްޑިވިއަންނުން ނިންމައިފިއެވެ.
މޯލްޑިވިއަން ސީޕްލޭންއިން މިއަދު އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ ތޮއްޑޫއަށް ސީޕްލޭންގެ ދަތުރުތައް ކުރުމަށް ހަމަޖެހިފަިވަނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. ޓޫރިޒަމް ދާއިރާއިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ތޮއްޑޫއަށް ސީޕްލޭންގެ ހިދުމަށް ފެށުމަށް ނިންމާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
ތޮއްޑޫގެ ސީޕްލޭން ދަތުރެއްގެ އަގަކީ ކޮޅަކަށް 799 ރުފިޔާއެވެ.
ލޯކަލް ޓޫރިޒަމްގައި ކުރިއރާފައިވާ މިރަށަށް ސީޕްލޭންގެ ދަތުރުތައް ފެށުމުން މި ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ. އަދި މި ދަތުރުތަކާ ގުޅިގެން އެ ރަށުގައި ހުރި ގެސްޓްހައުސްތަކަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް ސީޕްލޭންގެ ޚިދުމަތާއި އެކު ލިބޭނެ ކަމަށް އެ ރަށުގެ ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން ބުނެއެވެ.
-d8b50da8.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން
-2abff338.jpg)
3 މަސް ކުރިން
-9a60159d.jpg)
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން