-8402fff9.png)

ފާޠިމަތު ހިބާ

އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު--ފޮޓޯ/ސަރުކާރު
ހާލު ކިހިނެއް ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 17،000 ގެއަކަށް ޒިޔާރަތްކޮށްފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހްމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ "ތަރުޖަމާނާ އެކު" އެޕިސޯޑް 3 ގައި ވާހަކަދައްކަމުން ވަޒީރު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގެ ތެރެއިން ދިމާވާ ފަރާތްތަކުގެ ހާލަތު އަބަދުވެސް ގާތުން ބަލަމުންގެންދާނެއެވެ.
ހާލު ކިހިނެއް ޕްރޮގަރާމަކީ އޯގާތެރި މުޖުތަމައުއެއް ބިނާކުރުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ފުރިހަމަކޮށް ރައްޔިތުންގެ ހާލަތު ދެނެގަންނަން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގަރާމްގެ މައިގަނޑުގެ މަގްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތައް ޒިޔާރަތްކޮށް މީހުންގެ ހާލު ބެލުމާއި މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދައުލަތުގެ އެހެން މުއައްސަސާތަކުންނާއި ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކުންވެސް މަސައްކަތް ކުރާނެއެވެ.

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

10 މަސް ކުރިން