-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ބޮޑުތަކުރުފާނު މަގުގެ ދެވަނަ ސެގްމަންޓްގެ މަސައްކަތް ބާރު ދެވެއްޔެއްގައި ކުރިއަށް ދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނި ގޮތުގައި މިހާރު ކުރިއަށް ދަނީ ޝީޓް ޕައިލިންގެ މަސައްކަތެވެ. އެގޮތުން މިހާރު 48 މީޓަރު ވަނީ ނިންމާފައެވެ. އަދި ފަޅުގެ ބައެއް ހިއްކުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
މީގެ އިތުރުން ލޭނުތައް ހެދުމާއި ނަރުދަމާގެ މަސައްކަތުގެ 50 އިންސައްތަ ވަނީ ނިމަފައި ކަމަށް އެމްޓީސީސީއިން ފާހަގަކުރިއެވެ.
މި މަޝްރޫއުގެ ސަބަބުން މާލެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކްސެސިބިލިޓީ އިތުރުވެގެންދާނެ ކަމަށް ވެސް އެމްޓީސީއިން ވަނީ ބުނެފައެވެ.
އެމްޓިސީސީއިން ބުނި ގޮތުގައި މަގު ތަރައްގީކޮށް ނިމުމުން މާލޭގެ ޓްރެފިކްގެ މައްސަލައަށް އިރުތު ލުޔެއް ލިބިގެންދާނެއެވެ. މީގެއިތުރުން ފެން ހިންދާ ނިޒާމާއެކު ވިއްސާރަ ދުވަސްވަރުގައި މަގުމަތީގައި ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.
މި މަސައްކަތް އަންނަ ރޯދައިގެ ކުރިން ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ދީފައިވެއެވެ.
ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ސެގްމެންޓް ނިންމާ ހުޅުވާލައިފާ ވަނީ މިދިޔަ މަހު 8 ގައެވެ. މި ސެގްމެންޓް ވެސް ތަރައްގީކޮށްފައިވަނީ ޒަމާނީ އެކްސެސިބިލިޓީ ފީޗާސްތަކާއެކުގައެވެ. އެގޮތުން ވީލް ޗެއާ ރޭމްޕްތައް ހިމެނެއެވެ.

18 ދުވަސް ކުރިން
-a666a58c.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން