-8402fff9.png)

އަޙްމަދު ސަދޫފް މޫސާ
%20(1)-dd5ca670.png)
ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަދި މަރިޔަމް ޝިއުނާ --
ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާގެ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި އާންމުކޮށް ފުރައްސާރަކުރި މައްސަލައިގައި، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދުގެ މައްޗަށް ދައުވާކުރަން ޝިއުނާ ނިންމައިފިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ޑރ. ޖަމީލްގެ މައްޗަށް މި ދައުވާ ކުރަނީ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ޝިއުނާގެ އައުރަ ނިވާނުކޮށް ހުރި ފޮޓޯތަކެއް ހިއްސާކުރެއްވި މައްސަލައިގައެވެ.
މިކަމާ ގުޅިގެން ޝިއުނާ ކުރި ޕޯސްޓެއްގައި ބުނީ، ވެރިކަން ނުލިބުމުގެ ރުޅީގައި ޖަމީލް ސިޔާސީ ބޭނުމަށް އޭނާއަށް ފުރައްސާރަކޮށް ފޮޓޯތައް އާންމުކުރަމުންދާ ކަމަށެވެ.
"ކުރީގެ ނައިބު ރައީސްކަން ކޮށް ވެރިކަމާއި ހެދި ފެންބޮވައިގެން ހުއްޓާ ވެރިކަން ނުލިބުމުން އެކަމުގެ ރުޅީގަ މުހައްމަދު ޖަމީލް އަޙްމަދު ސޯޝަލް މީޑިޔާގައި ސިޔާސީ ބޭނުމަށް އަޅުގަނޑަށް ފުރައްސާރަކޮށް ހިޖާބު ނުވާއިރުގެ ފޮޓޯތައް އާންމުކޮށް ހަދަމުންދާ މައްސަލައިގައި ޖަމީލުއާ ދެކޮޅަށް ދައުވާކުރަން އަދި ހައްގު ހޯދުމަށް ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅައިފިން،" ޕޯސްޓުގައި ޝިއުނާ ބުންޏެވެ.
މިހާރު ނިގާބު އަޅާ ޝިއުނާ، "ނުކުތާ" އަށް ބުނި ގޮތުގައި ޖަމީލް އާންމުކުރި ފޮޓޯތަކަކީ އޭނާ އަމިއްލައަށް ސޯޝަލް މީޑިއާއަށް ލީ ފޮޓޯތަކެއް ނޫން ކަމަށާއި، އެއީ ގޭތެރޭގައި ނަގާފައިވާ ކުޑައިރުގެ ފޮޓޯތަކެއް ކަމަށެވެ. މި މައްސަލަ މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ވެސް ހުށަހަޅާފައެވެ.
ޝިއުނާ ފާހަގަކުރި ގޮތުގައި މިއީ ސައިބާ ބުލީން އަދި ފުރައްސާރައިގެ އަމަލެކެވެ. އޭނާގެ އަބުރު ގެއްލިފައިވާތީ ހައްގު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބުންޏެވެ.
މީގެ ކުރިން ޒުވާނުންނާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރި ޝިއުނާ މިހާރު މަސައްކަތް ކުރަނީ އެމްއޭސީއެލްގައެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން