-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު މަރުވީ އެކްސްކަވޭޓަރެއްގެ ދަތްގަނޑުން ޖެހި ވެއްޓި، ކުނިތަކާ އެކު ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުކުރެވިގެން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި، ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާ މަރުވީ މިދިޔަ ޖެނުއަރީ 26 ވީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.
އޭނާ މަރުވީ ކުނި ޖަމާކޮށްފައިވާ ސައިޓުގެ ބައެއްގައި އެކްސްކަވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެންނެވެ. މި ހާދިސާއާ ގުޅިގެން އެކްސްކަވޭޓަރު ދުއްވަން އިން ސްރީ ލަންކާގެ ޑްރައިވަރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީންގެ ގައިގައި އެކްސްކަވޭޓަރުން ޖެހި ވެއްޓުމުން ކުނިތަކާ އެކު އޭނާ އެހެން ދިމާލަކަށް ބަދަލުކުރެވި، ކުނިތައް އޭނާގެ ގައިމައްޗަށް އެޅުނީ ކަމަށެވެ.
އެހެން ނަމަވެސް، މިއީ އެކްސްކަވޭޓަރު ދުއްވަން އިން ޑްރައިވަރަށް އެނގިގެން ހިނގި ކަމެއްކަން ނުވަތަ ނޫންކަން އަދި ކަށަވަރު ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަމީން ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ މިދިޔަ ބުދަ ދުވަހު ކުނިތަކުގެ ތެރޭގައި އޮއްވައެވެ.
ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކަވޭޓަރުގެ ދަތްގަނޑުން އަމީން މިއާގެ ގައިގައި ޖެހުނު ނަމަވެސް، އެއްވެސް މެދުކެނޑުމެއް ނެތި މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އިތުރަށް ބުނީ، މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަދި ތަހުގީގަށް އިތުރު ކުރިއެރުމެއް ލިބުމުން އެ މައުލޫމާތު މީޑިއާތަކާ ހިއްސާ ކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

11 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން