-8402fff9.png)

ބާރުބޮޑު ދުވަހެއްގައި މާލޭގެ ބާރުބޮޑު ދުވަހެއްގައި -- ފޮޓޯ: މިހާރު
މާލޭ މަގުމަތީގައި ޕާކުކޮށްފައި އޮތް ފިކަޕެއްތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ, މި ޕިކަޕު ޕާކުކޮށްފައި އޮތީ ހުސައިނީގޯޅީގައިކަމަށެވެ. މި ޕިކަޕުގައި ހަބަރު ހުސްވެފައިއޮތް މީހެއް އޮތްކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 09:17 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެމީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
އިތުރަށް ފުލުހުން ބުނީ, ޕިކަޕުގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން