-8402fff9.png)

އަޙްމަދު ސަދޫފް މޫސާ
-b3adc397.jpg)
ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަޙްމަދު އަޖީބު ވާހަކަފުޅު ދައްކަވަނީ -- ނުކުތާ ފޮޓޯ: އަޙްމަދު ނާއިޝް
ޕީއެންސީން ބޭނުންވަނީ ތިނަދޫގެ އިގްތިސާދު ހަރުދަނާކޮށް، ރަނގަޅު ބަދަލެއް ދައްކަންކަމަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ތިނަދޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުޙައްމަދު އަޖީބު ވިދާޅުވެއްޖެއެވެ.
ތިނަދޫ ސިޓީގެ މާލޭ އޭރިއާގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޖީބު ވިދާޅުީވީ، ތިނަދޫ ސިޓީއަށް ބަދަލެއް ބޭނުންވާ ކަމަށާއި، އެ ބަދަލަކީ ކުރީގެ ހުތުރު މާޒީ އިޔާދަކުރާނެ ބަދަލަކަށް ވެގެންނުވާނެ ކަމަށެވެ.
އެހެންކަމުން އެ ބަދަލުވާންވާނީ ރަނގަޅު ބަދަލަކަށްކަމަށާއި، އެ ބަދަލާއި އެކު ތިނަދޫގައި ތަކުރާރުވަމުން އައިސްފައި އޮތް ނޭއްގާނީކަން ތިނަދޫ ސިޓީ ކައުންސިލުން ނައްތައިލަންޖެހޭ ކަމަށް ވެސް އަޖީބު ވިދާޅުވިއެވެ.
އަޖީބު ވިދާޅުވީ، ތިނަދޫގެ މިހާރު އޮތް ކައުންސިލަކީ އަމިއްލަ ގާނޫނަކާއި ގަވާއިދެއް ގަބޫލުކުރާ ބައެއް ކަމަށާއި، އެކަންކަން ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި އެކަންކަމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ލިބިގަތުމުގައި ދަތިތަކާއި ކުރިމަތިވާކަން ވެސް އަޖީބު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ޕީއެންސީން މިފަހަރު ބޭނުންވަނީ އެ ހެޔޮ ބަދަލު ދައްކައި، ތިނަދޫގެ އިގްތިސާދު ހަރުދަނާކުރަން ކަމަށް ވެސް އަޖީބު ވިދާޅުވިއެވެ. އަޖީބު ވިދާޅުވި ގޮތުގައި އެ ބަދަލު ގެނެސްފިނަމަ، ރައްޔިތުންގެ އިތުބާރު ސިޓީ ކައުންސިލަށް ލިބި، ރައްޔިތުންނަށް އިތުރު އާމްދަނީ އެއް ވެސް ލިބުމުގެ މަގު ފަހިވާނެއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

8 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން