-8402fff9.png)
ސައިފުﷲ އަލީ

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު 100،000 (އެއްލައްކަ) އަށް ވުރެ މައްޗަށް އަރައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެބްސައިޓުގައި އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މިރޭ 10:37 އާ ހަމައަށް ޕީއެންސީގެ ދަފްތަރުގައި ތިބި މެންބަރުންގެ ޖުމްލަ އަދަދަކީ 100،083 އެވެ. ޕީއެންސީގެ ދަފްތަރަށް މެންބަރުން އިތުރުވަމުން އަންނައިރު، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެއަށް ގެންނަވަމުންދާ ތަރައްގީ ރައްޔިތުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށް އެ ޕާޓީން އަންނަނީ ބުނަމުންނެވެ.
ވެރިކަން ކުރާ ޕާޓީގެ މެންބަރުންގެ އަދަދު ދުވަހެއް ދުވަހަކަށް ބޮޑުތަނުން އިތުރުވަމުން އައި ނަމަވެސް، އިދިކޮޅު އެމްޑީޕީ ފިޔަވައި ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު އަންނަނީ މަދުވަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ދައްކާ ގޮތުން އިދިކޮޅު މައި ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި މިހާރު ތިބީ 53،747 މެންބަރުންނެވެ.
މީގެ އިތުރުން ރާއްޖޭގައި ހަރަކާތްތެރިވާ އެހެން ޕާޓީތަކުގެ މެންބަރުންގެ އަދަދުތަކަށް ބަލާއިރު:
ޖުމްހޫރީ ޕާޓީ (ޖޭޕީ): 7،751 މެންބަރުން
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ): 5،749 މެންބަރުން
އަދާލަތު ޕާޓީ: 5،530 މެންބަރުން
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ): 2،809 މެންބަރުން
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް): 2،536 މެންބަރުން
ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް އެ ޕާޓީން ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަމުން އަންނައިރު، މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރި ފުރަތަމަ ފަހަރެވެ.

2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން