-8402fff9.png)
ފާތިމަތު މިޝްކާ
ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މި ޖަލްސާ މި މަހުގެ 18 ވާ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އިފްތިތާހީ ޖަލްސާއަށް ފަހު މިހާރު ވަނީ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އެންމެހައި އިސްލާހުތަކާއެކު އެ ގަވާއިދު ފާސްކޮށްފަ އެވެ.
އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމް ވިދާޅުވީ، މިއީ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މިންވަރަށް ބަލައި ގެންނަންޖެހޭ ބަދަލުތަކެއް ކަމަށެވެ. އަދި އެކި ދާއިރާތަކަށް އަމާޒުކޮށްގެން ޕާޓީގެ ހަރަކާތްތައް ފުޅާކުރުމާއެކު، ގައުމަށް ލާބަހުރި ގޮތަށް ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މުހިންމު އިސްލާހުތަކެއް ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއަށްފަހު ގައުމީ ތަރައްގީގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވަޒީރުންގެ ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ޖަލްސާގެ ތެރޭގައި ޕާޓީގެ ނައިބު ރައީސުންނާއި މަތީ މަޖިލީހަށް މެންބަރުން އިންތިހާބުކުރުން ވެސް ކުރިއަށްދާނެއެވެ. އަދި ޒުވާނުންނާއި އަންހެނުންގެ ހާއްސަ ހަރަކާތްތަކާއި، އަލަށް އެކުލަވާލެވޭ މަގާމުތަކުގެ އިގުރާރުވުމާއި، ޕާޓީގެ މުސްތަގުބަލުގެ ތަސައްވުރު ކަނޑައެޅުން ވެސް އޮންނާނެއެވެ.
ޕާޓީގެ ނައިބު ރައީސްކަމުގެ 6 މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައިވާއިރު އަންހެން މެންބަރުންގެ 10 މަގާމަށް 22 ބޭފުޅުން، ޒުވާނުންގެ 7 މަގާމަށް 13 ބޭފުޅުން އަދި އާންމު މެންބަރުންގެ 18 މަގާމަށް 73 ބޭފުޅުން ކުރިމަތިލައްވާފައިވެ އެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން