-8402fff9.png)

އަޙްމަދު ޝާބިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކުރި ޑިޖިޓަލް ވޮލެޓް 'ސްވައިޕް' އަކީ ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓުގެ ގޮތުގައި ހަމަޖައްސައި، އެކަމާ ގުޅޭ ސްޓްރެޓިޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ކުރިއަށްދިޔައީ ބީއެމްއެލްގެ ހެޑް އޮފީހުގައެވެ. މި އެއްބަސްވުމަކީ މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ގާއިމުކުރެވުނު ސްޓްރެޓިޖިކް ޕާޓްނާޝިޕްގެ ދަށުން ވެވުނު މުހިންމު އެއްބަސްވުމެއް ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.
ބީއެމްއެލްގެ ސްވައިޕް އަކީ ސައްތައަކުން ސައްތަ ރާއްޖޭގައި ދިވެހިން އުފައްދާފައިވާ އުފެއްދުމެކެވެ. މިއީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމަލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ޑިޖިޓަލް ވޮލެޓެކެވެ.
މި ވޮލެޓުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން، ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
ސްވައިޕްގެ މައިގަނޑު ބޭނުންތައް ޓެސްޓުކުރުމުގެ ފުރުސަތު މިދިޔަ ޖެނުއަރީ މަހުން ފެށިގެން ވަނީ މަދު ބަޔަކަށް ހުޅުވާލެވިފައެވެ. އެގޮތުން ޕާސަން-ޓު-ޕާސަން ޓްރާންސްފަރތަކާއި، ކިއުއާރް ޕޭމަންޓް، އަދި އެކައުންޓުން ކުރާ ހަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލާލެވޭނެ ނިޒާމެއް މިހާރު ދަނީ ޓެސްޓުކުރެވެމުންނެވެ. މީގެ އިތުރުން ޕޭމަންޓް ލިންކް ޝެއާކުރުމާއި ފަސޭހައިން ޓޮޕް-އަޕްކޮށް ފައިސާ ނެގުމުގެ ހިދުމަތްތައްވެސް މި މަރުހަލާގައި ހިމެނެއެވެ.

10 ދުވަސް ކުރިން

15 ދުވަސް ކުރިން

27 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-74e273a1.jpg)
2 މަސް ކުރިން

2 މަސް ކުރިން