-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި 3.4 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން އިއްޔެ ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި ހަތަރު މުއްދަތަކަށް ބަހާލައިގެން ވިއްކާ ބިލުތައް ހިމެނެއެވެ. އޭގެ ތެރޭގައި އެޕްރީލް ހަވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދެއްކުމަށް ވިއްކާ 1.1 ބިލިއަން ރުފިޔާގެ ޓީ-ބިލަކާއި، ޖޫން 15 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 418 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެއެވެ.
މީގެ އިތުރުން ސެޕްޓެމްބަރު ހަތްވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 182 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި، އަންނަ އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވާ 1.6 ބިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓްތައް ހުރީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގައެވެ. މިއީ މިއަހަރުގެ ތެރޭގައި ޓީ-ބިލް ވިއްކުމަށް ސަރުކާރުން ހުޅުވާލި ފަސްވަނަ ފަހަރެވެ.
ޓީ-ބިލަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެކެވެ.
ސަރުކާރުން ވިއްކާ ޓީ-ބިލްތައް އާންމުކޮށް ގަންނަނީ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ފަންޑާއި، ބައެއް ބޭންކުތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީ-ބިލްތަކުގައި އިންވެސްޓް ކުރެއެވެ.

22 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-7963d5ad.png)
3 މަސް ކުރިން
-2e33d5a7.jpeg)
3 މަސް ކުރިން