-8402fff9.png)

އަޙްމަދު ސަދޫފް މޫސާ
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ 25،000 މެޓްރިކް ޓަނަށް އިތުރުކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއް އެބައޮތް ކަމަށެވެ.
"މިހާރު ރާއްޖޭގައި ކޯލްޑް ސްޓޯރޭޖު ކެޕޭސިޓީ މިހުރި ގާތްގަނޑަކަށް 9،500 މެޓްރިކްޓަނުގައި، އަޅުގަނޑުމެންގެ އަމާޒަކީ މި ކޯލްޑް ސްޓޯރޭޖު ފެސިލިޓީގެ ކެޕޭސިޓީ 25،000 މެޓްރިކްޓަނަށް އިތުރުކުރުން،" ވަޒީރު ވިދާޅުވިއެވެ.
މަސްވެރިންނަށް ދިމާވެފައިވާ އައިސްގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު އައިސް ނުލިބުމަކީ އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އެހެންކަމުން، މަސްވެރިކަން ކުރާ ސަރަހައްދުތަކުގެ ކޮމިއުނިޓީތަކުގެ އެދުމުގެ މަތިން އައިސް ޕްލާންޓްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ބާނާ މަހުގެ ބޮޑު އިންސައްތައެއް ގަންނަނީ މިފްކޯއިން ކަމަށްވާއިރު، މަސްވެރިން ކުރާ މަސައްކަތަށް ރިއާޔަތްކޮށް މަހުގެ އަގު ކަނޑައެޅުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
"ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއް އެއީ މިފްކޯގެ ހިންގުން ހަރުދަނާ ކުރުން. ސިނާއަތު ކުރިއަރައިގެން ދާ ވަަރަކަށް މިފްކޯގެ ހިންގުން ހަރުދަނާ ވެގެން ދިއުމަކީ ސަރުކާރުގެ ވަރަށް ބޮޑު މަސައްކަތެއް ވަރަށް ބޮޑު އަމާޒެއް،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މިފްކޯއަކީ މަސްވެރިން ވަރަށް ބޮޑަށް ބަރޯސާވާ ކުންފުންޏަކަށް ވުމާއެކު، އެ ކުންފުނީގެ ހިންގުން ހަރުދަނާވުމަކީ މުޅި ސިނާއަތަށް ލިބޭނެ ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
26 ދުވަސް ކުރިން
-9a7f332b.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން