-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު، ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މި ސަރުކާރުން ދަނީ މަސްދަޅު ކޭހެެއް ދޫކުރަމުންނެވެ.
އެ ހަދިޔާ ބެހުމުގެ މަސައްކަތް މި މަހުގެ 24 ގައި ފަށައިފައިވާއިރު، އަންނަ މަހުގެ 11ގެ ނިޔަލަށް އެ މަސައްކަތް ކުރިޔަށްދާނެއެވެ. އެ ހަދިޔާ ހޯދަން ވަރަށް ފަސޭހަ ގޮތެއް ސަރުކާރުން ވަނީ ރާވާފައެވެ.
ސަރުކާރުން މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ.
ރޯދަ ހަދިޔާ ހޯދުމަށް roadhahadhiya.mv ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހެއެވެ. މި ޕޯޓަލްގައި ރަޖިސްޓްރީ ކުރެވޭނީ އުމުރުން 18 އަހަރުވެފައިވާ ދިވެހި ރައްޔިތަކަށް އައިޑީކާޑު އަދި އެ ގޭބީސީއެއްގެ ސްޓެލްކޯގެ މީޓަރު ނަންބަރާއި ބިލު ނަންބަރު ބޭނުންކޮށްގެންނެވެ.
އެކަކަށް ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ ދެ ގޭބިސީގެ ކަރަންޓް މީޓަރަށެވެ. ރަޖިސްޓްރީވުމުން ލިބޭ ޓޯކަން ބޭނުންކޮށްގެން، އެމީހަކު ބޭނުންވާ މަރުކަޒަކާއި، ތާރީޚާއި ވަގުތު އިޚްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
ރޯދަ ހަދިޔާ ދޫކުރާނީ ޓޯކަން ރަޖިސްޓްރީ ކުރި ފަރާތަށް އެކަނިކަމަށްވާއިރު، ހަދިޔާ ބަލައިދާއިރު އައިޑީކާޑުގެ އަސްލު ގެންދަން ޖެހޭނެއެވެ.
މީގެ އިތުރުން، ރަޖިސްޓްރީކޮށްފައިވާ ކަރަންޓް މީޓަރުގެ 2025 ވަނަ އަހަރުގެ ނޮވެންބަރު ނުވަތަ ޑިސެންބަރު މަހުގެ ކަރަންޓް ބިލުގެ ފޮޓޯ ކޮޕީއެއް ނުވަތަ އިލެކްޓްރޯނިކް ކޮޕީއެއް ވެސް ގެންދަން ޖެހޭނެއެވެ.
ހަދިޔާ ދޫކުރާނީ ހުކުރު ދުވަހުގެ ރޭ ފިޔަވައި ކޮންމެ ރެއަކު 20:30 އިން 23:00 އަށެވެ. މާލޭގައި މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލް، ހެންވޭރު ބޯޅަދަނޑު އަދި ގަލޮޅު ދަނޑުން ހަދިޔާ ދޫކުރާނެއެވެ.
ހުޅުމާލެ ފޭސް 1 ގައި އުމަރު ޒާހިރު ބިލްޑިން، ޕޮލްކޯ ޓަވަރު އަދި މުޙައްމަދު ޤާސިމް ޕްރީސްކޫލުން ހަދިޔާ ލިބޭނެއެވެ.
ފޭސް 2 ގައި ކާމިލްދީދީ ސްކޫލް، ހިޔާ ޓަވަރު 10 އަދި އެމްޕީއެލް ޓަވަރުން ހަދިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރަށްރަށުގައި ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސްތައް ބަހަނީ އެ ރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް ކަމަށްވާއިރު، ބައެއް ރަށްރަށުގައި މިހާރު ވަނީ ގޭގެއަށް މަސްދަޅު ކޭސްތައް ބަހާ ނިންމާފައެވެ.
އެގޮތުން އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބުނި ގޮތުގައި ގްރެޓާ މާލެ ސަރަހައްދުގެ ގޭބިސީތަކަށް ރޭގެ ނިޔަލަށް 12,274 މަސްދަޅު ކޭސް ދޫކޮށްފައިވެއެވެ.

8 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން