-8402fff9.png)

މި އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ބަޔާން، މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ހުށަހަޅުއްވަނީ --- މަޖިލިސް
މިނިސްޓާ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި، މަގާމުން ވަކިވެވަޑައިގަންނަވަން ނިންމެވި މައިގަނޑު ސަބަބެއްގެ ގޮތުގައި ޒަމީރު ބަޔާންކުރައްވާފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތް ކަމަށް ވަނީ އެނގިފައެވެ.
ދާދި ފަހުން ކެބިނެޓަށް އިސްލާހީ ބަދަލުތަކާއެކު، މިނިސްޓަރު ޒަމީރު ފާހަގަކުރެވިގެންދިޔައީ މުޅި ވަޒީރުންގެ މަޖިލީހުގައި ވެސް އެންމެ ފުޅާދާއިރާއެއްގައި މަސައްކަތް ކުރެއްވި އެއް މިނިސްޓަރުގެ ގޮތުގައެވެ. މީގެ އިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ދެނެގަނެ، ދުރާލައި ފިޔަވަޅު އެޅުމަށްޓަކައި ރައީސް ޑރ. މުޢިއްޒު އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޗެއާޕާސަންގެ ޒިންމާވެސް އުފުއްލެވީ ޒަމީރެވެ. ހަމައެހެންމެ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދެވީ އޭނާއެވެ.
މިނިސްޓަރު މޫސާ ޒަމީރު އިސްތިއުފާ ދެއްވިއިރު، ރާއްޖޭގެ މާލީ ދާއިރާއިން ވަނީ ފާހަގަކޮށްލެވޭ ފަދަ މުހިންމު ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އެގޮތުން، ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗް ރޭޓިންސް އިން ރާއްޖެއަށް ދީފައި އޮތް އިގްތިސާދީ ރޭޓިން ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ވަނީ މަތިކޮށްދީފައެވެ.
މީގެ އިތުރުން، ދިވެހި ދައުލަތުން ބޭރަށް ދައްކަން ޖެހިފައި އޮތް 500 މިލިއަން ޑޮލަރުގެ ބޮޑު ސޮވެރިން ސުކޫކް، އެއްވެސް ދަތިކަމެއް ނެތް ގޮތެއްގައި މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ރާއްޖޭން ކާމިޔާބުކަމާއެކު ދައްކައި ހަލާސްކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މޫސާ ޒަމީރަކީ މިހާރުގެ ސަރުކާރު ފެށުނުއިރު އެންމެ ފުރަތަމަ ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އެ މަގާމުގައި ހުންނެވުމަށްފަހު، އޭނާ ފިނޭންސް މިނިސްޓަރުގެ މަގާމަށް ބަދަލުކުރެވުނީ 30 ސެޕްޓެމްބަރު 2024 ގައެވެ.

22 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-7963d5ad.png)
3 މަސް ކުރިން
-2e33d5a7.jpeg)
3 މަސް ކުރިން