-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އިންސާނީ ހައްގަކަށް އުނިކަމެއް އައިސްފައިވޭތޯ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.
ރޭ ހިނގި މި ހާދިސާގައި ފަސް މީހަކު ވަނީ ނިޔާވެފައެވެ.
އެ ހާދިސައާ ގުޅިގެން އެޗްއާރްސީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިގުރަށުގައި ހިނގާދިޔަ ހިތާމަވެރި ހާދިސާގެ ޚަބަރު އެ ކޮމިޝަނުން އެހީ ނުހަނު ހިތާމައާއެކު ކަމަށެވެ. އަދި މި ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ކޮމިޝަނުގެ ފަރާތުން ތައުޒިޔާ ފޮނުވާފައިވެއެވެ.
ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، މި ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތާއި، ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ އެ ކޮމިޝަނުން ގާތުން ބަލަމުންދާ ކަމަށެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ދިގުރަށު އެކަމަޑޭޝަން ބްލޮކެއްގައި ހިނގި މި އަލިފާނުގެ ހާދިސާގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންދިޔައެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ.
މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ވަނީ ގޮސްފައެވެ.މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން