-8402fff9.png)

ފާޠިމަތު ހިބާ

އިމާދުއްދީން ސްކޫލުގެ ޖްވެލް ސެންޓަރުގެ ކްލާހެއްގައި--ފޮޓޯ/މިހާރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕީގެ ފަރުވާތަކަށް މިދިޔަ މަހު 7.5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފަވާކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، (އެންސްޕާ)އިން ބުނެފިއެވެ.
އެންސްޕާއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ ޑިސެމްބަރު މަހު ޖުމްލަ 231 މީހުންނަށް ތެރަޕީދީފާވެއެވެ. އޭގެތެރޭގައި ހިމެނެނީ 159 ފިރިހެނުންނާއި 72 އަންހެނުންނެވެ.
އެންމެ ގިނައިން ތެރަޕީ ނަގާފައިވަނީ އަށާރަ އަހަރުން ދަށުގެ ކުދިންކަންވެސް އެންސްޕާއިން ހާމަކޮށްވައިވެއެވެ. އެއީ 65 އަންހެންކުދިންނާއި 156 ފިރިހެންކުދިން ހިމެނޭހެން ޖުމްލަ 221 ކުދިންނެވެ.
އެންސްޕާއިން ވަނީ މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕީއަށް ހަރަދުކުރެވިފައިވާ ގޮތުގެ ތަފްސީލުވެސް އާންމުކޮށްފައެވެ. އެގޮތުން:
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް 250 ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢުއެއް ކުރިއަށް ގެންދެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

5 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން