-8402fff9.png)

ޢާއިޝަތު ނުޒުހާ

ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މުވައްޒަފުން ކޮންމެ އަންގާރަ ދުވަހަކު ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
އެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގެ ހަނގުރާމައާ ހެދި ކުރިމަތިވަމުންދާ އިގުތިސާދީ މައްސަލަތަކަށް ރިއާޔަތްކޮށް ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކޮންމެ އަންގާރަ ދުވަހަކީ ގޭގައި މަސައްކަތް ކުރާ ދުވަހަކަށް ހަދައި, ރަސްމީ ދުވަސްތަކުގެ މަސައްކަތު ގަޑި މެންދުރު ފަހު 02:00 އަށް ކުރުކޮށްލުމަށް ނިންމާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
އެހެންނަމަވެސް ކޯޓު އަޑުއެހުންތަކާއި ކޮންމެހެން ހާޒިރުވެގެން ކުރަން ޖެހޭ ކަންކަން ކުރާނީ ހާޒިރުވެގެން ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އެ އޮފީހުން ބުނީ މި ފިޔަވަޅުތަކުގެ ސަބަބުން އެ އޮފީހުގެ މަސަައްކަތްތަކަށް އެއްވެސް ލަސްކަމެއް ނާންނާނެ ކަމަށެވެ.

3 މަސް ކުރިން

4 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން