-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

މާލެ
މާލޭގެ ސަބުދެލި މަގުގައި ހުރި އިމާރާތެއްގެ 10 ވަނަ ބުރިން މީހަކު ވެއްޓިގެން ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި ވެއްޓިފައިވަނީ ރޭނުމުގެ މަސައްކަތެއް ކުރަނިކޮށް ބަންގްލަދޭޝްއަށް ނިސްބަތްވާ ބިދޭސީ މީހެކެވެ. އޭނާ ވެއްޓުނީ ޖެހިގެން ހުރި މ.ރެސްޓިންގާޑަން ކިޔާ ގެއެއްގެ މައްޗަށެވެ.
އެނގިފައިވާ ގޮތުގައި އެ މީހާއަށް އަވަސް ފަރުވާ ދިނުމަށްޓަކައި ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ. އެމީހާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ހޮސްޕިޓަލުން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން