-8402fff9.png)

މަރްޔަމް މާޙީ

ފޮޓޯ: މިހާރު
ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ދާތީ، އެ މުއްދަތުގެ ތެރޭގައި ރަސްފަންނު ސަރަހައްދު ބަންދުވާނެ ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް 22 ފެބްރުވަރީ 2025 އިން 28 ފެބްރުވަރީ 2025 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއިލާއާއެކު މިދިޔަ ހަފުތާގެ ބަންދުގައި ރަސްފަންނަށް ވަޑައިގަތުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކް ގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށެވެ.
“ދެ ތަންވެސް ދަނީ ވީރާނާވަމުން. މި ދެތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން. މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވަން،” ރަސްފަންނާއި ސަލްޓަންޕާކްގެ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި ރައީސް ވިދާޅުވިއެވެ.
އެ ޕޯސްޓަށްފަހު މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން ވަނީ އެތަން މަރާމާތުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވެފައި ކަމަށެވެ. އެގޮތުން އީޕީއޭއިން ނަގަންޖެހޭ ހުއްދަ ވެސް ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 22 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން