-8402fff9.png)
އައިޝަތު ހިދާޔާ

ރާއްޖޭގައި ހުއްދަ ނުނަގައި ފައިސާ ނުވަތަ ޑޮލަރު މާރުކުރާ ހަތް ފަރާތެއް ފާހަގަވެފައި ވާކަމަށާއި, ކަޅު ބާޒާރުގައި ނުވަ މަސްތެރޭ 76 މިލިއަން ޑޮލަރު މާރުކޮށްފައި ވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާނު ވިދާޅުވީ, މޯލްޑިވްސް މަނިޓަރޯ އޮތޯރިޓީ (އެމްއެމްއޭ)ގައި ރަޖިސްޓްރީކޮށްގެން ފައިސާ މާރުކުރުމުގެ މުއާމަލާތް ހިންގަނީ 63 ފަރާތަކުންކަމަށެވެ. މީގެ އިތުރުން, އެއްވެސް ހުއްދައަކާ ނުލައި ލައިސަންސެއް ނެތި މަނީ އެކްސްޗޭންޖް ކުރާ ވަރަށް ގިނަ ބަޔަކު ފާހަގަކުރެވިފައިވާކަމަށް އިހުސާނު ވިދާޅުވިއެވެ.
"މީގެ ތެރެއިން އަޅުގަނޑުމެން ބަލައިލީ ހަތް އެކްސްޗޭންޖް ކުރާ ފަރާތަކަށް. ހަތް އެކްސްޗޭންޖް ކުރާ ފަރާތުން މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެބަވޭ މާކެޓުގައި 76 މިލިއަން ޑޮލަރު ކަޅު ބާޒާރަށް ނެރެފައި," އިހުސާނު ވިދާޅުވިއެވެ.
އިހުސާނު ވިދާޅުވީ, ހުއްދަ ނުނަގައި ފައިސާ މާރުކުރުމުގެ ޚިދުމަތްދޭ ތަންތަނުން އެންމެ ގިނައިން ޑޮލަރު މާރުކޮށްފައި ވަނީ, ރާއްޖޭގައި ޑޮލަރުން އާމްދަނީ ހޯދާ ފަރާތްތައް ކަމަށެވެ. އޭގެތެރޭގައި ނަން މަޝްހޫރު ބޮޑެތި ރިސޯޓުތަކާއި ޓޫރިޒަމް ދާއިރާއަށް ޚިދުމަތެއް ދީގެން ޑޮލަރުން އާމްދަނީ ހޯދާ ފަރާތްތައް ހިމެނޭކަމަށް އިހުސާނު ވިދާޅުވިއެވެ.
"އޭގެތެރެއިން އެއް ފަރާތުން ރިޒޯޓު ޗެއިންއަކުން އެބަވޭ މިދިޔަ ނުވަ މަސްތެރޭގައި ހަތަރު މިލިއަން ޑޮލަރު ކަޅު ބާޒާރުގައި އެކްސްޗޭންޖް ކޮށްފައި," އިހުސާނު ވިދާޅުވިއެވެ.
ހުއްދަ ނަގައިގެން ދޭންޖެހޭ މިފަދަ ޚިދުމަތެއް ހުއްދަ ނުނަގައި ދިނުމަކީ ޖިނާއީ ކުށެއްކަން އިހުސާނު ވަނީ ހަނދާންކޮށްދެއްވާފައެވެ. މި ފައިސާ ކޮންމެ ކަމަކަށް ބޭނުންކުރި ނަމަވެސް އެ ބެލެވޭނީ މަނީ ލޯންޑާކުރުންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިއީ ވަރަށް އާދައިގެ ކަމެއްކަމަށް ބައެއް މީހުން ދެކޭކަން ފާހަގަކުރައްވައި އިހުސާނު ވަނީ ނޭންގި ނަމަވެސް, މި ކުށް ކުރުމުން ބަރީއަވެ, އެމްއެމްއޭއިން ލައިސަންސް ދީފައިވާ ތަންތަނުން ޑޮލަރު މާރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

3 ދުވަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން