-8402fff9.png)
އައިޝަތު ހިދާޔާ

ކ. ހިންމަފުށީގައި ގާއިމްކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުގައި ހުރި ނިޒާމީ މައްސަލަތަކުގެ ސަބަަބުން ފަރުވާ ހޯދަ ފަރާތްތަކުގެ ރައްކާތެރިކަމާއި އިންސާނީ ކަރާމާތުގެ އިތުރުން އަލުން އެނބުރި މުޖުތަމައުއަށް ނުކުތުމަށް ކުރާ މަސައްކަތަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ އެކަމުގެ ތަފުސީލު ހޯދުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރަހީމް (ކުޑޫ) ދިހަ ސުވާލެއް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ހުށަހަޅުއްވައިފިއެވެ.
ކުޑޫ ހުށަހެޅުއްވި ސުވާލުތަކުގައި ވަނީ, ބަލިމީހުން ބޭއްތިއްބުމަށް އެކަށީގެންވާ ސާފުތާހިރު މާހައުލެއް ނެތްކަމަށް ދެކެވޭ ވާހަކައިގެ ހަގީގަތް ސާފުކޮށްދިނުމަށް އެދިފައެވެ. އަދި ސެންޓަރުގައި ފޯރުކޮށްދޭ ޕްރޮގްރާމްތައް ކުރިއަށްދާ ގޮތާއި އެކަށީގެންވާ މިންވަރަށް ސްޓާފުންތިބިތޯއާއި ފަރުވާހޯދާ ފަރާތްތަކަށް ފޮރުކޮށްދޭ ކާބޯތަކެތީގެ ފެންވަރާއި ފާހާނާ އަދި ނިދާ ކޮޓަރީގެ ހާލަތު ރަނގަޅުކުރަން ކުރަނީ ކޮން ކަންތައްތަކެއްތޯ ސުވާލުގައި ވެއެވެ.
މީގެއިތުރުން, ފޯރުކޮށްދޭ ފަރުވާއަކީ ޒަމާނީ ސައިންސުގެ ހެއްކަން ބިނާވެފައި ނުވާ ފަރުވާއެއް ނޫން ކަމަށާއި މިޒަމާނުގައި ބަލި މީހުންނަށް ގެއްލުންދެވޭ ކަންކަން ކަމަށް ހޯދުންތަކުން ކަނޑައަޅާފައިވާ ހުރަސްއެޅުންތައް ވެސް ހޯދުމަސް ކުޑޫވަނީ ހުށަހަޅުއްވާފައެވެ.
ކުޑޫވަނީ ބަލިމީހުންގެ ފަރުވައާ ގުޅޭ ސުވާލެއް މިނިސްޓަރާ ކުރައްވާފައެވެ. އަދި މި ސެންޓަރުގައި ޚިދުމަތްދޭ ޚިދުމަތްތެރިންގެ ސުލޫކީ މިންގަނޑުތަކާއި ނަފްސާނީ ފަރުވާގެ މަންހަޖުތައް ލިޔުމުން ފެންނަން ހުރިތޯ ވެސް ކުޑޫ ވަނީ ސުވާލު އުފައްދައިފައެވެ. ސެންޓަރުގައި ފޯރުކޮށްދޭ ފަރުވާ ބިނާވެފައި ވަނީ ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކަށްތޯއާއި ޚިދުމަތްތެރިން ދުޅަހެޔޮކަމާއެކު މަސައްކަތް ކުރުވުމަށް ހުރި އުސޫލުތަކަކީ ކޮބާތޯ ވެސް ކުޑޫވަނީ އައްސަވައިފައެވެ.
މީގެއިތުރުން މުވައްޒަފުންގެ ތަމްރީނާއި ގާބިލްކަމާ ގުޅޭ ސުވާލުތައް ވެސް މިނިސްޓަރާ ކުރުމަށް ކުޑޫ ހުށަހަޅުއްވާފައި ވެއެވެ.
މި ސުވާލުތަކަކީ އާންމު މަސްލަހަތާ ގުޅިފައިވާ ކަންކަމަށްވާތީ އަވަސް މުއްދަތެއްގައި މި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވެސް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.

3 ދުވަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން
5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން