-8402fff9.png)

އަޙްމަދު ޝާބިން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަރިވަރުންގެ ދަނާލުގައި 18 އަހަރުގެ އަންހެނަކު ނިޔާވި ހާދިސާގައި ނިޔާވި ކުއްޖާގެ ބަލީގެ ވާހަކަ ޔުނިވާސިޓީގެ ވެރިންނާއި ހިއްސާނުކުރާ ކަމަށް ބުނެ، ދަނާލުގެ ވެރިޔާ އަހުމަދު ޝަފީގު (ސައްޕެ) ރެއިން ފެށިގެން ސަސްޕެންޑުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަފީގު ސަސްޕެންޑުކުރީ މިދިޔަ މަހު އެކުއްޖާގެ ހާލަތު ގޯސްވެ ކުއްލި ގޮތަކަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް މި މައްސަލައާއި ބެހޭ އެއްވެސް މައުލޫމާތެއް އެމްއެންޔޫގެ ވެރިންނާ ޝަފީގު ހިއްސާކޮށްފައިނުވާތީއެވެ.
މިއަދު ހޯމް މިނިސްޓަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މި ކުއްޖާއަކީ ނަފްސާނީ ބައްޔަށް ޑައިގްނޯސްވެ ފަރުވާ ހޯދަމުންދާ ކުއްޖެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މިދިޔަ މަހު އޭނާ ފުލުހުންގެ އެހީތެރިކަން ހޯދައި ހޮސްޕިޓަލުގައި ފަރުވާވެސް ހޯދާފައުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

1 ދުވަސް ކުރިން

3 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން